ދުނިޔެ

ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއާ ޚިލާފުވިކަމަށް ބުނެ އިސްރާއިލުން ޣައްޒާއަށް 153 ޓަނުގެ ގޮވާތަކެތި އަޅައިފި

ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއާ ޚިލާފުވިކަމަށް ބުނެ އިސްރާއިލުން ޣައްޒާއަށް 153 ޓަނުގެ ގޮވާތަކެތި އަޅައިފި

އިސްރާއިލުން ޣައްޒާއަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 07:11

23 އޮކްޓޯބަރު 2025، 07:11

ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއާ ޚިލާފުވެފައިވާކަމަށް ބުނެ އިސްރާއިލުން ޣައްޒާއަށް 153 ޓަނުގެ ގޮވާ ތަކެތި އަޅައިފިކަމަށް ރިޕޯޓުކޮށްފިއެވެ.  

"އަހަރެމެންގެ އެއް އަތުން ހަތިޔާރު ހިފާފައިވާއިރު އަނެއް އަތްވަނީ ޞުލްޙައަށް  ދިއްކުރެވިފައި، ތިޔަބައިމީހުން ސުލްހަ ކުރަނީ ބަލިކަށި ބަޔަކާއި ނޫން، ވަރުގަދަ ބަޔަކާ، މިއަދު އިސްރާއީލް ވަނީ ކުރިއަށްވުރެ ބާރުގަދަ ވެފައި." އިސްރާއިލްެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަދުވަހު އިސްރާއީލުގެ މަޖިލިސް (ކްނެއްސެޓް) ގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. 

ނަތަންޔާހޫ ބުނާ ގޮތުން މި ހަމަލާތައް ދީފައި ވަނީ ޙަމާސްގެ ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވުމުގެ ސަބަބުންނެވެ. ނަމަވެސް، ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ވަނީ މި ހާދިސާގައި އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާތައް ދީފައި ވަނީ ރަފާ ސަރަޙައްދުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ހަރުކަށި ފަރާތްތަކަށް އަމާޒުކޮށް ކަމަށެވެ. އެ އަމާޒަށް ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ ސިފައިންނަށް ބަޑިޖެހުމަށްފަހު ކަމަށް ވެސް ބުނެފައި ވެއެވެ. އިސްރާއީލު ސިފައިން ބުނެފައި ވަނީ ހަމަލާތަކުގައި ވަޅުގަނޑުތަކަކާއި އަސްކަރީ އިމާރާތްތަކެއް ނައްތާލާފައިވާ ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ ޙަމާސްއިން ދޭ ހަމަލާއަކަށް އިސްރާއީލުން ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ޙަމާސްގެ އިސް މެމްބަރެއް ކަމަށްވާ އިއްޒަތު އަލް-ރިޝެކް ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގު ކުރައްވައި، ޙަމާސް ޖަމާޢަތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަލް-ރިޝެކް އިސްރާއީލަށް ތުހުމަތު ކުރެއްވީ "އެ މީހުންގެ ޖަރީމާތައް ފޮރުވުމަށްޓަކައި ދޮގު ބަހަނާތައް ދައްކާ" ކަމަށެވެ.

މި ހާދިސާތަކާއި ގުޅިގެން ޙަމާސްގެ އަސްކަރީ ފިޔަ، އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފައި ވަނީ، ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައި ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން އަންނަ ކަމަށެވެ. އަދި ރަފާގައި ހަމަލާއެއް ނުދޭކަމަށާއި މާރޗް މަހުގެ ފަހުން އެ ސަރަޙައްދުގެ އެއްވެސް ޖަމާއަތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ހަމާސްއިން ބުނެފައި ވެއެވެ. 

"ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްވެސް އުނިކަމެއް ނެތި އަމަލު ކުރާނެކަމަށް އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފައި ވެއެވެ."

އިސްރާއީލާއި ޙަމާސް ޖަމާޢަތާއި ދެމެދު ވަނީ ހައްޔަރުކުރެވިފައިވާ މީހުންގެ ހަށިގަނޑުތައް ރައްދުކުރުމާއި ގުޅިގެން ޚިލާފު އުފެދިފައެވެ. އިސްރާއީލުން ބޭނުންވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މަރުވެފައިވާ އަދި މިހާރު ވެސް ނުލިބި ވާ 28 ހަށިގަނޑު ރައްދުކުރުމަށެވެ. ޙަމާސްއިން ވަނީ ސަލާމަތްވެފައިވާ 20 މީހުންނާއި މަރުވެފައިވާ 12 ހަށިގަނޑު ރައްދުކޮށްފައެވެ. ނަމަވެސް އެ ޖަމާއަތުން ބުނެފައިވަނީ އިތުރު ހަށިގަނޑު ހޯދުމަށް އިތުރު މަސައްކަތާއި ޚާއްސަ އިކުއިޕްމެންޓް ބޭނުންވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން