ދުނިޔެ
ޣައްޒާއަށް އެހީ ދިނުމުގެ މުޢާމަލާތްތަކުގައި އ.ދ.އާ އެކު މަސައްކަތްކުރުމަށް ޗައިނާއިން އިސްރާއިލަށް ގޮވާލައިފި
                    ޣައްޒާގައި ކާތަކެތި ބަހަނީ---
ޣައްޒާއަށް އެހީ ދިނުމުގެ މުޢާމަލާތްތަކުގައި އ.ދ.އާ އެކު މަސައްކަތްކުރުމުގެ ގޮތުން އައި.ސީ.ޖޭ.ގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ޗައިނާއިން އިޒްރޭލަށް ގޮވާލައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ މައްސަލަ ލުއިކޮށްދިނުމަށްޓަކައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)ގެ ލަފާދޭ ރައުޔަށް ބޯލެނބުމަށް އަދި އެއާ އެއްގޮތަށް ޢަމަލުކުރުމަށް ޗައިނާއިން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބުރާސްފަތި ދުވަހު ގޮވާލައިފިއެވެ.
ބެއިޖިންގގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ، އައި.ސީ.ޖޭ.ގެ ލަފާދޭ ރައުޔުން ވަނީ، އިޒްރޭލްގެ މައްޗަށް ޖެނީވާ ކޮންވެންޝަންގެ ދަށުން ވާޖިބުތަކެއް އަދާކުރަން ޖެހޭކަން ސާފުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އެހީ ފޯރުކޮށްދިނުމުގައި އިސްރާއިލުން ދިމާވާ ދަތިތަކުގައި ހަރަކާތްތެރިވާ އ.ދ.އާ އެހެނިހެން އެޖެންސީތަކާއެކު ގުޅިގެން މަސައްކަތްކޮށް، ފަލަސްޠީނުގެ ސަރަޙައްދުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ވާޖިބު އެބައޮތް ކަމަށް ގުއޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ބައިނަލްއަޤުވާމީ މުޖުތަމަޢުން އައި.ސީ.ޖޭ.ގެ ރައުޔު ނެރުނު ޑޮކިއުމެންޓާ އެއްގޮތަށް ޢަމަލުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ލުއިކުރުމަށާއި، ފަލަސްޠީނު މައްސަލައަށް އަވަސް، އިންޞާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ވަރުގަދަކަމާއެކު މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދު ކުރާ ކަމަށެވެ.
މި ބަޔާންތައް ނެރުނު އިރު، ބުދަ ދުވަހު އައި.ސީ.ޖޭ. އިން ނިންމާފައިވަނީ، ޖެނީވާ ކޮންވެންޝަންގެ ދަށުން އިސްރާއިލްގެ މައްޗަށް ވާޖިބުވެގެންވަނީ، ޣައްޒާއަށް އެކަށީގެންވާ އެހީގެ މިންވަރެއް ޔަޤީންކުރުމަށްޓަކައި، ބައިނަލްއަޤުވާމީ ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އާއި، ފަލަސްޠީނުގެ ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް އެހީވާ އ.ދ.ގެ އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިއު.އޭ) ހިމެނޭ ގޮތަށް، ތިންވަނަ ފަރާތްތަކުންނާއި، ހަމަހަމަ އިންސާނީ ޖަމާޢަތްތަކުން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތަކަށް އެއްބަސްވެ، އެކަންކަން ފަހިކޮށްދިނުން ކަމަށެވެ.
ގުއޯ ވިދާޅުވީ، މި މައްސަލާގައި އައި.ސީ.ޖޭ.އަށް ޗައިނާއިން ހުށަހެޅި ޑޮކިއުމެންޓަށް އިޝާރާކުރައްވަމުން، އ.ދ.ގެ އެންމެ މަތީ ކޯޓުގެ މި ސާފުކުރުމަކީ "ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ލިބުނު ރައްދެއް އަދި އެއީ އެ އެންމެންގެ އުންމީދުތަކަށް ދެވުނު ޖަވާބެއް" ކަމަށެވެ. އަދި ޗައިނާއިން ބައިނަލްއަޤުވާމީ ޤާނޫނާ ގުޅުންހުރި ކަންކަމުގައި ބައިވެރިވެ، ބައިނަލްއަޤުވާމީ އިންސާފާއި ހަމަހަމަކަން ދަމަހައްޓައި، ބައިނަލްއަޤުވާމީ ޤާނޫނުގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
"ފަލަސްޠީނު މައްސަލައިގައި ޗައިނާގެ މަޤާމަކީ އެއްކޮޅެއްގައި އޮތް އަދި ސާފު މަޤާމެކެވެ. އަޅުގަނޑުމެން އަބަދުވެސް އިންސާފާއި ހަމަހަމަކަން ދަމަހައްޓައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤު މަޤްޞަދަށް ވަރުގަދަޔަށް ތާއީދު ކުރަމު" ތަރުޖަމާނު ވިދާޅުވިއެވެ.