ޚަބަރު
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފަސް ބިދޭސީއަކު ގެންގޮސްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ދެ ބިދޭސީއަކު ހިފަަހައްޓައިގެން މަޢުލޫމާތު ވެރިފައި ކުރަނީ، ފޮޓޯ: އިމިގްރޭޝަން

ފަރުދުން
23 އޮކްޓޯބަރު 2025، 09:28
23 އޮކްޓޯބަރު 2025، 09:28
މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ފަސް ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މީސްމީޑިއާގައި ޚިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު ހުޅުމާލޭ ފޭސް-1ގެ ރުއްގަނޑު ސަރަޙައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގައި 5 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ބިދޭސީންތައް ޗެކްކުރުމަށްފަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުން ދިއުމާ ގުޅިގެންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ވަރަށް ގަދަޔަށް ކުރަމުންނެވެ.
އޮޕަރޭޝަންތަކާ ގުޅިގެން އިމިގްރޭޝަނުން ކުރިން ހާމަކުރިގޮތުގައި، ބައެއް ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތަސް، އެ ބިދޭސީއަކަށް ދޫކުރެވިފައިވާ ޙުއްދައިގެ ބޭރުން މަސައްކަތް ކުރުމަކީ ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރުން ކަމަށެވެ.