ދީން

ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މަރުވުމަށްފަހު ދެން އަހަރެމެންނަށް އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ!

ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މަރުވުމަށްފަހު ދެން އަހަރެމެންނަށް އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ!

ހުކުރު ޚުޠުބާ އިއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޮކްޓޯބަރު 2025، 03:48

24 އޮކްޓޯބަރު 2025، 03:48

ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. 

"މާތް ﷲގެ ވަލިއްޔުން" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނެފައިވަނީ ވަލިއްޔުންނަކީ ކޮން ބައެއްކަން ކީރިތި ޤުރުއާނުގައި އަންގަވައިފައިވާކަމަށެވެ. އެގޮތުން ވަލިއްޔުންނަކީ، އީމާންވެ ތަޤުވާވެރިވީ މީހުންކަމަށް އަންގަވައިފައިވާ ކަމަށާއި، ފަހެ ތަޤުވާވެރިވާ ކޮންމެ މީހަކީ، މާތް اللهގެ ވަލިއްޔެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. 

އަދި ޤިޔާމަތްދުވަހުގެ ބިރުވެރިކަމާ ބައްދަލުކުރާ އިރު، އެބައިމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށާއި، އަދި ދުނިޔެމަތީގައި އެބައިމީހުން ދޫކުޅަ ކަންތަކަށް ހިތާމައެއްވެސް ނުކުރާނެކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. 

މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެން، ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުން، ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުން، އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން. اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު

ހުކުރު ޚުޠުބާ

މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެއް ކަމަށް ޚުޠުބާގައި ބުނެފައިެވއެވެ. އަދި އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ، އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުން، އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން، އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް

ހުކުރު ޚުޠުބާ

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ. އަދި މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމަށާއި، މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށެވެ. އަދި މިފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

 މީހަކު ފަރުޟު އަޅުކަމުގެ އިތުރަށް، ސުންނަތް އަޅުކަންތަކުން މާތް اللهއާ ކުއްތަންވެ، އެ މީހެއްގެ ގުނަވަންތައް މާތް اللهގެ އަމުރުފުޅުތަކާ އެއްގޮތަށް ކިޔަމަންކޮށް، ޙަރާމްކުރެއްވި ކަންތަކުން އެއްކިބާކޮށް، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅުމުން، މާތް الله އެ މީހަކަށް ވާގިވެރިވެވޮޑިގަންނަވާނެ ކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެމީހެއްގެ ޙާޖަތްތައް ފުއްދަވައި، ޢަދާވަތްތެރީންގެކިބައިން ރައްކާތެރިކޮށްދެއްވާނެ ކަމަށްެވެސް ބުނެފައިވެއެވެ. 

އެފަދައިން ޢަމަލުކޮށްފި މީހާއަށް ދުނިޔޭގައި އަމާންކަމާއި ކާމިޔާބީ ލިބުމުގެ އިތުރަށް، އާޚިރަތުގައިވެސް އަމާންކަން ލިބި، ސުވަރުގެއިން މަތީ މަޤާމުލިބޭނެތެވެ. މިއީ އަހަރެމެންގެތެރެއިން ކޮންމެ މީހަކު ވެސް ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭ ދަރަޖައެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ހިތާމައަކީ، މާތް الله މިހައި މަތީ ދަރަޖަ ދެއްވައިފައިވާ ވަލިއްޔުންނަށް އިޙްތިރާމުކުރުމުގެ ނަމުގައި، ޝިރުކާއި ބިދުޢަތައް މުސްލިމް އުންމަތުގެތެރޭގައި ފެތުރިފައިވުން ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން