ދުނިޔެ

ހުޅަނގު އައްސޭރީގައި އިސްރާއިލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ފުރާވަރުގެ ކުއްޖަކު ޝަހީދުވެއްޖެ

ހުޅަނގު އައްސޭރީގައި އިސްރާއިލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ފުރާވަރުގެ ކުއްޖަކު ޝަހީދުވެއްޖެ

އިސްރާއިލް ސިފައިން ބަޑިޖަހާ ޝަހީދުކޮށްލި 10 އަހަރުގެ މުޙައްމަދުގެ މަންމަ އޭނާގެ އެއްޗެހި ހިފައިގެން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޮކްޓޯބަރު 2025، 06:29

24 އޮކްޓޯބަރު 2025، 06:29

އިސްރާއިލް ސިފައިން ހުޅަނގު އައްސެރީގެ ނާބުލުސްގައި ހުންނަ އަސްކަރު ކޭމްޕްގައި ކުރިއަށް ގެންދިޔަ ޢަސްކަރީ ރެއިޑެއްގައި ޒަޚަމްވި ފަލަސްތީނުގެ ފުރާވަރު ކުއްޖަކު ޝަހީދުވެއްޖެއެވެ.  

ޣައްޒާއާށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް މުޢާހަދާއެއްގައި ސޮއިކޮށްފައި އޮތަސް، އިސްރާއިލުން ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގައި އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް މިލިސްޓަށް މި މަރާއެކު އިތުރުވެގެން ދިޔައީއެވެ.

ވަފާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުން، 18 އަހަރުގެ މުޙައްމަދު އަޙްމަދު އަބޫ ޙަނީން ޝަހީދުވީ ހުކުރު ދުވަހުއެވެ. އޭނާ ޒަޚަމްވީ އިސްރާއިލް ސިފައިން ދިން ރެއިޑުގެ ތެރެއިންނެވެ.

 މީގެ އިތުރުން، އިޒްރޭލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ތުއްބާސްގެ އުތުރުގައި އޮންނަ އަޤަބާ ޓައުންއަށް ވެސް ވަދެ، ޙެބްރޮން އަދި ތަލް ސަރަހައްދުތަކުން ބަޔަކު ހައްޔަރުކޮށްފައެވެ.

އިސްރާއިލް ސިފައިން ބުނެފައިވާ ގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި ހުޅަނގު އައްސޭރީން ޖުމްލަ 44 ފަލަސްތީނު މީހުން ހައްޔަރުކޮށްފައި ވެއެވެ. އަސްކަރީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެކި ސަރަހައްދުތަކުގައެވެ. ހައްޔަރުކުރެވުނު އެންމެންނަކީ ވެސް އިސްރާއިލް ސިފައިން ބުނާ ގޮތުން އެމީހުން ހޯދަމުން ދިޔަ މީހުންނެވެ. އޮޕަރޭޝަންތަކުގައި ހަތިޔާރުތައް އަތުލައިގަނެ، އެ މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މިފަދަ ހަމަލާތައް ދިނުމަކީ އިސްރާއިލްގެ ސިފައިންނާއި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ މިސާލެކެވެ. މިދިޔަ ހަފްތާގައި ވެސް ޙަލީލްގެ އަރު ރިޙިޔާގައި ފުޓްބޯޅަ ކުޅެން އުޅުނު 10 އަހަރުގެ މުޙައްމަދު އަލް-ޙައްލާޤު އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާއަކުން ޝަހީދުވެފައި ވެއެވެ.

މިދިޔަ ދުވަސްތަކުގައި އެމެރިކާގެ މެދުވެރިކަމާއެކު ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެވުނު މުޢާހަދާގެ ދަށުން ގާތްގަނޑަކަށް 2،000 ފަލަސްތީނުގެ މީހުން އިސްރާއިލްގެ ޖަލުތަކުން ދޫކޮށްލާފައި ވެއެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި ހަވާލުކުރެވުނު އެތައް ފަލަސްތީނު މީހުންގެ ހަށިގަނޑުތައް ބޮޑެތި އަދި ކުދި އަނިޔާތައް ދީފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރިއިރު، އެއީ ޓޯޗަރާއި އަދި އެގްޒެކިއުޝަންގެ ނިޝާންތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން