ދުނިޔެ

އިސްރާއިލް ސިފައިންނާ ގުޅުނު އިނގިރޭސި ރައްޔިތުންގެ މައްޗަށް ދައުވާކުރުމަށް ފަލަސްތީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިއްޖެ

އިސްރާއިލް ސިފައިންނާ ގުޅުނު އިނގިރޭސި ރައްޔިތުންގެ މައްޗަށް ދައުވާކުރުމަށް ފަލަސްތީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިއްޖެ

އިސްރާއިލް ސިފައިންގެ ދެމީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޮކްޓޯބަރު 2025، 09:09

24 އޮކްޓޯބަރު 2025، 09:09

އިސްރާއިލްގެ އަސްކަރިއްޔާ (އައި.ޑީ.އެފް) ގައި މަސައްކަތްކުރި ދެޤައުމުގެ ރައްވެހިކަން ލިބިފައިވާ އިނގިރޭސި އަދި އިސްރާއިލްގެ ރައްޔިތެއްގެ ެ މައްޗަށް ދައުވާކުރުމަށް އެދި، ފަލަސްތީނުގެ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއަކުން އިނގިރޭސިވިލާތުގެ ކޯޓަށް ހުށަހަޅައިފިއެވެ. މި މީހާއަކީ އެންމެ ފުރަތަމަ ލުބުނާނު ބޯޑަރު ޔުނިޓެއްގައި މަސައްކަތްކޮށް، ފަހުން ހުޅަނގުއައްސޭރީގައި ޚިދުމަތްކުރި މީހެކެވެ.

މި ދައުވާ ހުށަހަޅާފައިވަނީ އިންޓަރނޭޝަނަލް ސެންޓަރ ފޮރ ޖަސްޓިސް ފޮރ ފަލަސްތީނިއަންސް (އައި.ސީ.ޖޭ.ޕީ) އިންނެވެ. މި ޖަމިއްޔާގެ މަޤްޞަދަކީ، އިނގިރޭސިވިލާތުން ހަނގާކުރަމުން ނުދާ އެހެން ދައުލަތަކާ (ފަލަސްތީނާ) ހަނގުރާމަ ކުރާ ބިދޭސީ ސިފައިންނާ އިނގިރޭސި ރައްޔިތުން ގުޅުން ޤާނޫނާ ޚިލާފުކަން ކޯޓު މެދުވެރިކޮށް ސާބިތުކުރުމެވެ. މި ދައުވާ ކުރުމަށްޓަކައި މެޖިސްޓްރޭޓް ކޯޓަށް އެޕްލިކޭޝަން ހުށަހަޅާފައިވަނީ މި ހޯމަ ދުވަހުއެވެ.

އައި.ސީ.ޖޭ.ޕީ އިން ބުނެފައިވާ ގޮތުގައި، މިކަމަކީ ބިދޭސީ ސިފައިންނާ ގުޅުން މަނާކުރާ 1870 ވަނަ އަހަރުގެ 'ފޮރިން އެންލިސްޓްމަންޓް އެކްޓް' ގެ ހަތަރުވަނަ ބަޔާނާ ޚިލާފު ކަމެކެވެ. މި ޤާނޫނުގައި ވާގޮތުން، އިނގިރޭސިވިލާތާ ސުލްހައިގައިވާ އެހެން ޤައުމަކާ ހަނގުރާމަ ކުރާ އެއްވެސް ބިދޭސީ ދައުލަތެއްގެ ސިފައިންގެ ޚިދުމަތް އެއްވެސް މީހަކު ޤަބޫލުކުރުން ނުވަތަ އެކަމަށް އެއްބަސްވުމަކީ ޖިނާޢީ ކުށެކެވެ. އައި.ސީ.ޖޭ.ޕީ އިން މިހާތަނަށް އެކަކުގެ ނަން ހާމަކޮށް ދައުވާކުރަން ހުށަހަޅާފައިވީ ނަމަވެސް، 10 އަށް ވުރެ ގިނަ އިނގިރޭސި ރައްޔިތުންނާ ދެކޮޅަށް ހެކި އެއްކުރެވިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ކާމިޔާބު ދައުވާއެއް ކުރެވުމަށް މަގުފަހިކުރުމަށާއި، މައްސަލައަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވަޒަންކުރެވޭތީ، އައި.ސީ.ޖޭ.ޕީ އިން ދައުވާކުރާ އެއްވެސް ފަރާތެއްގެ ނަން މިވަގުތު ހާމައެއް ނުކުރެއެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އިޒްރޭލްގެ އަސްކަރިއްޔާއިން ހިންގާ ހަނގުރާމައަކީ ހަމައެކަނި ޙަމާސްއާ ދެކޮޅަށް ހިންގާ ހަނގުރާމައެއް ނޫނެވެ، ބޮޑު ފަލަސްތީނުގެ މުޅި ރައްޔިތުންނާ ދެކޮޅަށް އަދި އިނގިރޭސިވިލާތުން މިހާރު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ފަލަސްތީނާ ދެކޮޅަށް ހިންގާ ހަނގުރާމައެކެވެ.

އައި.ސީ.ޖޭ.ޕީ އިން ދައުވާ ސާބިތުކުރުމަށްޓަކައި ހަތަރު ކަމެއް ސާބިތުކުރަން ޖެހެއެވެ: ދެފާރާތެއްގެ ހަނގުރާމައެއް ހިނގުން، ޖަވާބުދާރީވާ މީހާއަކީ އިނގިރޭސި ރައްޔިތެއްކަން، އިސްރާއިލްގެ ސިފައިންނާ ގުޅިފައިވާކަން، ފަލަސްތީނަކީ ބިދޭސީ ދައުލަތެއްކަން އަދި މި ދައުލަތަކީ އިނގިރޭސި ސަރުކާރާ ސުލްހާގައި އޮތް ދައުލަތެއްކަން. އިސްރާއިލްގެ ޤާނޫނުގައި ބޭރުގައި އުޅޭ އެޤައުމުގެ ރައްޔިތުން، ބްރިޓިޝް ރައްޔިތުންނާ އެކު، ސިފައިންގެ ޚިދުމަތް ޤަބޫލުކުރަން ނުވަތަ އެކަމަށް އެއްބަސްވާން މަޖުބޫރެއް ނުކުރެއެވެ. މާނައަކީ، އިސްރާއިލް ސިފައިންނަށް ޚިދުމަތްކުރި އިނގިރޭސި ރައްޔިތުން އެކަން ކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުގައެވެ.

އައި.ސީ.ޖޭ.ޕީ އިން އިތުރަށް ބުނެފައިވާ ގޮތުން، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ރައްޔިތުންނާއި ރައްޔިތުންގެ ޢުމްރާނީ ވަޞީލަތްތަކަށް ހަމަލާތައް އަމާޒުކޮށް ތަކުރާރުކޮށް ހިންގާފައިވާ އަސްކަރީ ޙަރަކާތްތަކުން ދައްކައިދެނީ އިޒްރޭލުން ހަނގުރާމަކުރަނީ މުޅި ފަލަސްތީނާ ދެކޮޅަށް ކަމެވެ. ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން (އައި.ސީ.ޖޭ) މިދިޔަ އަހަރުގެ ޖުލައި މަހު އަދި މި ހަފްތާގައި ނެރެފައިވާ އިރުޝާދުގެ ރައުޔުތަކުގައި ބުނެފައިވާ ގޮތާ އެއްގޮތަށް، އިޒްރޭލުން ދަނީ ވެސްޓް ބޭންކާއި އިރުމަތީ ޤުދުސް އަދި ޣައްޒާ ގަދަބާރުން ޤަވާއިދާ ޚިލާފަށް ހިފައިގެން ހަނގުރާމަކުރަމުންނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން