Ads by Stelco

ޚަބަރު

މިއަދު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ/ފޮޓޯ: އެޓޯލް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޮކްޓޯބަރު 2025، 10:37

25 އޮކްޓޯބަރު 2025، 10:37

މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މިއަދު، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.

އެގޮތުން، ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި  މާލެ ސިޓީ، ހިތިގަސް މަގު، ހަނދުވަރީ ހިނގުން، ހަނދުވަރީ ހިނގުން ގޯޅި 1  ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މިއަދު ހެނދުނު 10:00 އާއި 12:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން