Ads by Stelco

ޚަބަރު

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

ގެއްލިގެން ހޯދަމުންދާ ޕޫރްނީމާ ގަޖްމަރ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޮކްޓޯބަރު 2025، 11:33

25 އޮކްޓޯބަރު 2025، 11:33

މާލޭގައި އުޅެމުންދާ ނޭޕާލް އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ، ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މިމަހުގެ 23 ވަނަ ދުވަހުގެ އިރު އެއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ހިއްސާކުރެވި، އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަދި އުޅޭތަނެއް ވެސް ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން