ޚަބަރު
ތައިލޭންޑުގެ ކުރީގެ ރާނީ މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ތައިލޭންޑުގެ ކުރީގެ ރާނީ--
ތައިލޭންޑުގެ ކުރީގެ ރާނީ ސިރިކިތް މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ތައިލޭންޑުގެ މިހާރުގެ ރަސްގެފާނު، މަހާ ވަޖިރަލޮންގްކޯން ޕްރަ ވަޖިރަކްލާއޯޗާއޯޔުހުއާ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެޤައުމުގެ މިހާރުގެ ރަސްގެފާނަކީ ސިރިކިތް ގެ ދަރިކަލެކެވެ.
ރައީސް ގެ މެސެޖުގައި ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައިލޭންޑުގެ މިހާރުގެ ރަސްގެފާނަށާއި، ރަދުންގެ ޢާއިލާއަށާއި، އަދި ތައިލެންޑުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، ތައިލޭންޑުގެ ކުރީގެ ރާނީ ސިރިކިތް ނިޔާވެފައިވާކަން އެނގިވަޑައިގަތުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ތައިލޭންޑުގެ ކުރީގެ ރާނީގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށާއި، އެތައް އަހަރެއް ވަންދެން އިޖްތިމާޢީ އެތައް ކަމެއްގައި މުޖުތަމަޢުއާ ގާތުން މަސައްކަތްކުރެއްވިކަން ރައިސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، ތައިލޭންޑަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދުވަސްވަރު ކެތްތެރިކަމާއި ހިތްހަމަޖެހުން ލިބުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.