ކުޅިވަރު

ޗެމްޕިއަންސް ލިވަޕޫލް އަނެއްކާ ވެސް ބަލި، މެންޗެސްޓަރ ޔުނައިޓެޑު ހަތަރުވަނައަށް

ޗެމްޕިއަންސް ލިވަޕޫލް އަނެއްކާ ވެސް ބަލި، މެންޗެސްޓަރ ޔުނައިޓެޑު ހަތަރުވަނައަށް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޫނާ އާއި ބުއެމޯ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2025، 08:25

26 އޮކްޓޯބަރު 2025، 08:25

އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަން އެންޑް ހޯވްސް ބަލިކުރުމަށްފަހު، މެންޗެސްޓަރ ޔުނައިޓެޑުން ލީގުގެ ހަތަރުވަނައަށް ކުރިޔަށް ޖެހިލިއިރު، ޗެމްޕިއަންސް ލިވަޕޫލް އަނެއްކާ ވެސް ބަލިވެއްޖެއެވެ.

ރޭ އޯލްޑް ޓްރެފޯޑްގައި ޔުނައިޓެޑުން ބްރައިޓަން ބަލިކުރީ 4-2އިންނެވެ. މިއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުން، ލީގުގައި ޖެހިޖެހިގެން ތިން މެޗުން ޔުނައިޓެޑު މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ޔުނައިޓެޑުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މެތިއުޒް ކޫނާ، ކަސެމީރޯ އަދި ބްރްޔަން ބުއެމޯއެވެ. 

މި މެޗުގައި ބްރައިޓަންގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ހިލޭޖެހުމެއްގައި ޔުނައިޓެޑުގެ ކުރީގެ ފޯވާޑް، ޑެނީ ވެލްބެކްއެވެ. އަދި އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ ހަރަލަމްބޯސް ކުސްޓުލާސްއެވެ.

ލީގުގެ ޗެމްޕިއަން ލިވަޕޫލް ރޭ ބްރެންޓްފޯޑް މެޗުން ބަލިވީ 3-2އިންނެވެ. މިއީ ލީގުގައި ޖެހިޖެހިގެން ލިވަޕޫލް ބަލިވި 4ވަނަ މެޗެވެ. އަދި މިއީ ފެބުރުއަރީ 2021ގެ ފަހުން ޖެހިޖެހިގެން މި އަދަދަށް އެ ޓީމު ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ ލީގުގެ ފަސްވަނައިގައެވެ. އަދި މިރޭ އާސެނަލް މޮޅުވެއްޖެނަމަ، ލީގުގެ އެއްވަނައިގައި އޮތް ޓީމާ ދެމެދު އޮތް ފަރަގު 7 ޕޮއިންޓަށް ބޮޑުވާނެއެވެ. 

މި މެޗުގައި ޑެންގޯ ވަޓަރާގެ ގޯލަކުން މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނެގީ ބްރެންޓްފޯޑެވެ. އެއަށްފަހު ކެވިން ޝެޑްގެ ގޯލަކުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމުން ލީޑު ފުޅާކޮށްފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މީލަޝް ކަރެކީޒްއެވެ. 

ދެވަނަ ހާފުގައި އިގޯ ތިއާގޯގެ ގޯލަކުން އަނެއްކާ ވެސް ބްރެންޓްފޯޑުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. ލިވަޕޫލަށް އިތުރު ގޯލެއް ކާމިޔާބުކުރެވުނީ މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ. އެއީ ލީގުގައި 4 މެޗަށްފަހު އެ ޓީމުގެ މުޙައްމަދު ސަލާޙް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން