Ads by Stelco

ޚަބަރު

މާލޭން ގެއްލިގެން ހޯދަމުން އައި ނޭޕާލު އަންހެން މީހާ ފެނިއްޖެ

މާލޭން ގެއްލިގެން ހޯދަމުން އައި ނޭޕާލު އަންހެން މީހާ ފެނިއްޖެ

މާލޭން ގެއްލިގެން ހޯދަމުން އައި ނޭޕާލު އަންހެން މީހާ.

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 03:20

26 އޮކްޓޯބަރު 2025، 03:20

މީގެ ފަސް ދުވަސް ކުރީއްސުރެ މާލޭން ގެއްލިގެން ހޯދަމުން އައިސްފައިވާ ނޭޕާލު އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ނޭޕާލަށް ނިސްބަތްވާ ޢުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ ގެއްލުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 23ވަނަ ދުވަހު ކަމަށާއި، އޭރު އޭނާ ގެއްލިގެން އުޅޭތާ ދެ ދުވަސް ވެއްޖެ ކަމަށް ފުލުހުން ކުރީން ބުނެފައި ވެއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕޫރްނީމާ މިހާރު ފެނިފައިވާ ކަމަށެވެ. 

އޭނާގެ ޙާލު ރަނގަޅު ކަމަށް ބުނި ބުނުމުގެ އިތުރުން، ފުލުހުން މި ކަމާ ގުޅޭ އިތުރު ތަފްޞީލެއް ހާމާކޮށްފައި ނުވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން