ކުޅިވަރު / ޚަބަރު

ފީފާގެ ރައީސް އެނބުރި ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ފުޓުބޯޅައަށް މިވަގުތު ފަންޑުކުރާނެ މިންވަރު ހާމަކުރައްވައިފި

ފީފާގެ ރައީސް އެނބުރި ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ފުޓުބޯޅައަށް މިވަގުތު ފަންޑުކުރާނެ މިންވަރު ހާމަކުރައްވައިފި

ފީފާގެ ރައީސްގެ ޒިޔާރަތުގައި ރަސްމީ ދަނޑުގައި ކުރިޔަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2025، 07:05

26 އޮކްޓޯބަރު 2025، 07:05

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯ މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ރާއްޖޭގެ ފުޓުބޯޅައަށް މިވަގުތު ފަންޑުކުރަން ނިންމަވާފައިވާ މިންވަރު ހާމަކުރައްވައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ ފީފާގެ ރަސްމީ ވެބްސައިޓުގައެވެ. އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަތޮޅު ފުޓުބޯޅަ މުބާރާތަށް 266،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށާއި އަންހެން ފުޓުބޯޅަ މުބާރާތަށް ވެސް އެހީވާން ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

އެފްއޭއެމްގެ އަތޮޅު މުބާރާތަކީ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭ މުބާރާތެކެވެ. މި މުބާރާތުގައި 49 ޓީމަކުން ވާދަކުރުމަށް ވަނީ ރެޖިސްޓަރކޮށްފައެވެ. 

މި މުބާރާތުގެ އަތޮޅު ބުރަށް ފަހު ޒޯން ބުރު ކުޅެ، އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމެއް ކޮލިފައިވާނެއެވެ.

އަދި ދުވަސްތަކަކަށް ފަހު އަންހެން ފުޓްބޯޅަ މުބާރާތް ފަށަން އެފްއޭއެމުން މިހާރު ވަނީ ނިންމާފައެވެ. މި މުބާރާތަށް ވެސް ފީފާ ފޯވަރޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

އިންފެންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ، އިންފެންޓީނޯގެ ޒިޔާރަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި އަދި ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވާނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންފެންޓީނޯ ވަނީ އެފްއޭއެމްގެ އައު ލީޑަރޝިޕްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ފީފާގެ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.  އަދި ޒުވާން ހުނަރުވެރިން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުން ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނެކަމަށް ވިދާޅުވިއެވެ. އެއީ ހަމައެކަނި ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ނޫންކަމަށާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދައިގެން ކަމަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން