Ads by Farudhun

ޚަބަރު

އެފްއޭއެމް ޓާފް ދަނޑު 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި

އެފްއޭއެމް ޓާފް ދަނޑު 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި

އެފްއޭއެމް ޓާފް ދަނޑު 1 ގެ ޓާފް ބަދަލުކޮށްފައި. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2026، 02:46

28 ނޮވެމްބަރު 2026، 02:46

މާލޭގެ ކުޅިވަރު އެކުވެނީގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 1 ނަންބަރު ޓާފް ދަނޑުގެ ޓާފް، 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެއްކޮށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ނިންމާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަނޑުގައި އަލުން އެޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު އައު ޓާފާއި އެހެނިހެން އަސާސީ ތަކެތި ފޯރުކޮށްދީފައިވަނީ އެ ވުޒާރާގެ ފަރާތުންނެވެ. އަދި ދަނޑުގައި އައު ޓާފް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެފްއޭއެމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެންނެވެ.

މާލޭގައި ފުޓުބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއް ދަނޑު ކަމަށްވާ އެފްއޭއެމް ޓާފް 1 ގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއްނެތި ބޭނުންކުރުމުގެ ސަބަބުން ދަނޑުގެ ޓާފްގަނޑު ވަރަށް ބޮޑަށް ހަލާކުވެ، އެއްވަރުނޫންވުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެފައިވާތީ ކުޅުންތެރިންނާއި ކްލަބުތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް މީގެ ކުރިން އޮތެވެ.

މި ދަނޑަކީ ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކާއި، ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ އިތުރުން އެކި އުމުރުފުރާތަކުގެ ޔޫތު ލީގު މެޗުތައް ކުޅުމަށާއި ގިނަ އަދަދެއްގެ ފުޓުބޯޅަ އެކަޑަމީތަކުން ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުން އަންނަ މުހިންމު ދަނޑެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދަނޑުގައި ކުރިން އަޅާފައިވާ ޓާފް އެއްކޮށް ބަދަލުކޮށް މަސައްކަތް ނިމިފައިވާއިރު، މިއަދުން ފެށިގެން ކުލަބުތަކާއި އެކަޑެމީތަކުން މި ދަނޑު ބޭނުންކުރަން ފަށާނެއެވެ. މިއާއެކު ކުޅުންތެރިންނަށް އަނިޔާއިން ރައްކާތެރިވެ ތިބެ ފަރިތަކުރުންތަކާއި މެޗުތައް ކުރިއަށް ގެންދިއުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450