Ads by Exprox

ޚަބަރު

ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނަގަން އެޗްޑީސީ އިން އެދިއްޖެ!

ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނަގަން އެޗްޑީސީ އިން އެދިއްޖެ!

ތިލަފުށީ ފަޅުން އެއްޗެހި ނެގެމަށް އެންގި ސަރަހައްދު. ފޮޓޯ:އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 11:06

28 އޯގަސްޓު 2024، 11:06

ކ.ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނަގަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެދެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ތިލަފުށި ތަރައްޤީކުރުމަށް ހިއްކަން ޖެހޭ ސަރަޙައްދުތައް ހިއްކުމަށް ފަހު ސްލޯޕިންގެ މަސައްކަތް ކުރާތީ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ޖެހޭކަމަށެވެ.

މި މުއްދަތުގައި އެ އުޅަނދުތައް ނަގާފައިނުވާ ނަމަ އެޗްޑީސީގެ އުސޫލު ނަންބަރު G-7/2023 "ކ.ތިލަފުއްޓާއި ކ.ގުޅީ ފަޅުތެރެޔަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއިމެދު ޢަމަލުކުރުމުގެ އުސޫލު"ގެ ދަށުން އެ އުޅަނދުތަކާމެދު ޢަމަލުކުރާނެ ކަމަށް އިޢުލާނުގައި ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން، 1516 އަށް ގުޅުއްވުމަށެވެ.

ތިލަފުށި ހިއްކާ ތަރައްޤީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco