ޚަބަރު
މޯލްޑިވިއަނުން މުއްޔަށް ކޮންމެ ދުވަހަކުވެސް ދަތުރުތަށް ބާއްވަން ފަށައިފި
މޯލްޑިވިއަނުން މުއްޔަށް ކޮންމެ ދުވަހަކުވެސް ދަތުރުތަށް ބާއްވަން ފެށުން
ފަރުދުން
27 އޮކްޓޯބަރު 2025، 12:23
27 އޮކްޓޯބަރު 2025، 12:23
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މުލަކަތޮޅު މުއްޔަށް ކޮންމެ ދުވަހަކު ދަތުރުތަށް ބޭއްވުމަން ނިންމައިިފިއެވެ.
މިއަހަރުގެ މެއި މަހުގެ 17ވަނަ ދުވަހު މޯލްޑިވިއަންއިން ވަނީ މުއްޔަށް ދަތުރުތަށް ކުރަން ފަށާފައެވެ. އެދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު އެ އެއަރލައިނުން ދަނީ މުއްޔަށް ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް މިހާރު މޯލްޑިވިއަނުން ވަނީ މުއްޔަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވަން ނިންމައި، ދަތުރުތައް ކުރަން ފަށާފައެވެ.
Today we commemorated the beginning of our daily flight to Meemu Muli.
— MaldivianAero (@MaldivianAero) October 26, 2025
This milestone marks another step in expanding our connectivity and creating unforgettable travel experiences across the Maldives. ✈️🌴 #MaldivianAero pic.twitter.com/7dxaz4Qa64
ކޮންމެ ދުވަހަކުވެސް މާލެއާއި މުއްޔާ ދެމެދު ކުރެވޭ 35 މިނެޓުގެ މި ދަތުރުގެ ސަބަބުން މީމު އަތޮޅުގެ ރައްޔިތުންނަށް ދަތުރުކުރަން ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. މިއީ އެ އަތޮޅުގެ ހުރިހާ ރައްޔިތުންނަށާއި އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންނަށް ލިބިގެންދާ ބޮޑު ލުޔެއްކަން ފާހަގަކޮށްލަމެެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްޞަ، މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.