Ads by Stelco

ޚަބަރު

ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލު ހުޅުވައިފި

ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލު ހުޅުވައިފި

މަލްޓި-ޕަރޕަސް ހޯލު ހުޅުވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޮކްޓޯބަރު 2025، 02:02

27 އޮކްޓޯބަރު 2025، 02:02

ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލު ހުޅުވައިފި އެވެ.

މި ހޯލު ހުޅުވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުރެންދޫއަށް ވަޑައިގެންނެވެ.

ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލު ހުޅުއްވާދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، ކުރެންދޫ ދާއިރާގެ މެމްބަރާއި، ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ހޯލު ހުޅުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުން ވަނީ ޅ. އަތޮޅު މަދަރުސާ އާއި މަލްޓި-ޕަރޕަސް ހޯލް ބައްލަވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން