ޚަބަރު
ރައީސް މައުމޫނަށް ދެއްވި ދައުވަތަކީ ޤައުމީ އެއްބައިވަންތަކަމުގެ ނިޝާނެއް: އާދަމް ޝަރީފް
ރައީސް މަޢުމޫން އަދި ރައީސް މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމަށް ދައުވަތު ދެއްވައި، ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދެއްވި ކަމަކީ ޤައުމީ އެއްބައިވަންތަކަމަށާއި ޚިދުމަތްތެރިންގެ އަގު ރައީސް މުޙައްމަދު މުޢިއްޒު ވަޒަންކުރައްވާކަން ހާމަވާ ކަމެއްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި، ޖަލްސާއަށް ވަޑައިގެން ރައީސް މައުމޫން ޤައުމާ މުޚާޠަބު ކުރެއްވުމަކީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށާއި އަދި ޤައުމު ދެކެ ލޯބިފުޅުވާ ވެރިންގެ ފަރާތުން ފެންނަންޖެހޭ ތަހުޒީބުގެ އަގުކުރާ ކަންކަން ދަމަހައްޓަވާކަމާއި ޒާތީ ތައައްސުބެއް ރައީސް މައުމޫންގެ ކިބައިގައި ނެތްކަން ހާމަވި ކަމެކެވެ.
"މި އުފާވެރި މަންޒަރު މި ފެނުނީ ވަރަށް ދިގު އިންތިޒާރަކަށްފަހު. މިއީ ރައީސް މުޢިއްޒަށާއި ރައީސް މައުމޫނަށް ކުރާ އިޙްތިރާމް އިތުރުވެގެންދާނެ ކަމެއް،" މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން، މިފަދަ މަންޒަރުތައް އިތުރުވުމަކީ އެމަނިކުފާނު ކުރައްވާު ކުރައްވާ އުންމީދެއްކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
Nasruge Dhuvas faahaga kurumah mirey beyvvi jalsaa ah @maumoonagayoom ah dhauvathu dhevvai adhi vaahakafulhu dhekkevumah furusathu dhevvi kamee qaumee ebbaivanthakamashaai adhi khidhumaiytheringe agu RJ @MMuizzu vazan kuravvaakan haamavaa kameh. Adhi RJ dhevvi dhauvathu… pic.twitter.com/OTEwFildzt
— Adam Shareef Umar (@Adamshareefz) November 3, 2024