Ads by Stelco

ޚަބަރު

ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 35 މައްސަލަ: 4 ލައްކައެއްހައި ރުފިޔާ ފޭރިގެންފައިވޭ!

ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 35 މައްސަލަ: 4 ލައްކައެއްހައި ރުފިޔާ ފޭރިގެންފައިވޭ!

ސްކޭމް.

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2025، 03:14

27 އޮކްޓޯބަރު 2025، 03:14

އޮޅުވައިލުމާއި މަކަރުގެ ބޭނުންކޮށް، ހުސްވި ހަފްތާގެ ތެރޭގައި އެކަނި، ގާތްގަނޑަކަށް 370،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ސްކޭމް ކުރުމުގެ 35 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަތަކުގައި ޖުމުލަ 372،000 ރުފިޔާ ފޭރިގެންފައިވާ އިރު، ފުލުހުންނަށް އަނބުރާ ހޯދުނީ 148،000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ. އެއީ ފޭރިގަތް ޖުމުލަ ޢަދަދުގެ ގާތްގަނޑަކަށް 40%އެވެ.

މިދިޔަ ހަފްތާގެ ސްކޭމް މައްސަލަތަކާ މެދު ފުލުހުން ހާމަކޮށްފައިވާ ތަފްޞީލުތައް ތިރީގައި އެވަނީއެވެ.
 
އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމަރސް: 13 މައްސަލަ

ވަޡީފާ ހޯދައިދިނުމުގެ ނަމުގައި: 6 މައްސަލަ
 
އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން: 9 މައްސަލަ
 
ފައިސާ މާރުކުރުމުގެ ނަމުގައި: 6 މައްސަލަ
 
އެހެނިހެން ގޮތްތައް: 1 މައްސަލަ

ފުލުހުން ބުނީ، ފައިސާ ފޭރެނީ ފޯނުކޯލާއި އައިބޭއާއި ފޭސްބުކް މާކެޓްޕްލޭސް އަދި އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި ފިޝިން ލިންކުތައް ބޭނުންކޮށްގެން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން