ސައިންސް

ޖައްވުން ދެވަނަ ހަނދެއް ފެނިފައިވާކަން ނާސާއިން ކަށަވަރުކޮށްދީފި!

ޖައްވުން ދެވަނަ ހަނދެއް ފެނިފައިވާކަން ނާސާއިން ކަށަވަރުކޮށްދީފި!

ދުނިޔެ އަދި ޖައްވީ ހިލައެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޮކްޓޯބަރު 2025، 04:17

27 އޮކްޓޯބަރު 2025، 04:17

ދުނިޔެއަށް ހަމައެކަނި އެއް ހަނދު އިންނަކަމަށް ހީކުރައްވަނީތޯއެވެ؟ އެހެންކަމަށްވާނަމަ، އެ ޚިޔާލު ބަދަލުކުރައްވަން ޖެހިދާނެއެވެ. އެހެނީ، އެމެރިކާގެ ޤައުމީ ޖައްވީ އިދާރާ (ނާސާ) އިން މިހާރު ވަނީ ދުނިޔެއަށް ދެވަނަ ހަނދެއް ލިބިފައިވާކަން ކަށަވަރުކޮށްފައެވެ.

ނާސާއިން ކަށަވަރުކޮށްފައިވާ ގޮތުގައި، 2025 PN7 ނަމަކަށް ކިޔާ ކުޑަ އެސްޓެރޮއިޑެއް ވަނީ ދުނިޔޭގެ ދެވަނަ ހަނދަކަށް ވެފައެވެ. މި އެސްޓެރޮއިޑް ދުނިޔެއާ ގާތުގައި ދައުރުކުރަން ފެށީ ކޮން އިރަކުކަން ސީދާ ނޭނގުނު ނަމަވެސް، މިއީ އެމެރިކާގެ ހަވާއީ ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދި އެސްޓެރޮއިޑެކެވެ.

މި އެސްޓެރޮއިޑްގެ ފުޅާމިނުގައި 18 އާއި 36 މީޓަރާ ދެމެދު ހުންނާނެކަމަށް އަންދާޒާކުރެވެއެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި، މި އެސްޓެރޮއިޑް ވަނީ މިހާރުވެސް 60 އަހަރެއްހާ ދުވަހު ދުނިޔެއާއެކު ދައުރުކޮށްފައެވެ. އަދި މިހާރު ދައުރުކުރަމުންދާ ގޮތަށް ދައުރުކުރުން މެދުނުކެނޑި ހިފެހެއްޓިއްޖެނަމަ، 2083 ވަނަ އަހަރުގެ ނިޔަލަށް ދުނިޔެއާ ގާތުގައި ހުންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ދުނިޔޭގެ ދުރުހެލިކަމުގެ ބާރުގައި ވަގުތީ ގޮތުން ހިފެހެއްޓޭ މިފަދަ އެސްޓެރޮއިޑްތަކަށް ސައިންސްވެރިން ކިޔަނީ "މިނި-މޫން" ނުވަތަ "ކުޑަ ހަނދު" އެވެ. މީގެ މާނައަކީ މިއީ ހަޤީޤީ ހަނދެއް ނޫން ކަމެވެ. ބަދަލުގައި މިއީ ދުނިޔެއާއެކު އިރަށް ވަށައިގެން ދައުރުކުރާ ކުޑަ ޖައްވީ ހިލައެކެވެ.

މި އެސްޓެރޮއިޑް ދުނިޔޭގެ ހަރަކާތާއެކު ހަރަކާތްކުރާތީ، ޖައްވުގައި ދުނިޔެއާ ފަހަތުން ދާކަމަށް ފެނެއެވެ. ހަޤީޤީ ހަނދާ ޚިލާފަށް، މި އެސްޓެރޮއިޑް ދުނިޔެއަށް ވަށައިގެން ސީދާ ދައުރުނުކުރެއެވެ. އަދި މީގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތެވެ. ސަބަބަކީ މިއީ ދުނިޔެއާ އެހާ ގާތް ނުވާނެ އެއްޗަކަށް ވާތީއެވެ.

އަހަރުމެންގެ ތަބީޢީ ހަނދަށްވުރެ ދިހަގުނަ ދުރުން ދައުރުކުރާ މި އެސްޓެރޮއިޑްގެ ސަބަބުން ދުނިޔޭގެ ދުރުހެލިކަމުގެ ބާރަށް އެއްވެސް މިންވަރަކަށް އަސަރެއް ނުކުރާނެ ކަމަށް ވަނީ ހާމަކުރެވިފައެވެ. މިފަދަ "މިނި-މޫން" އެއް ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް މިފަދަ ކުޑަ އެސްޓެރޮއިޑެއް ވަގުތީ ގޮތުން ދުނިޔޭގެ ސަތަހައަށް ވަދެ، ނޮވެމްބަރު މަހާ ހަމައަށް ހުރުމަށްފަހު، އެހެން ދިމާލަކަށް ދިޔައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން