ކުޅިވަރު

ޔޫތު ގޭމްސްގައި 200 މީޓަރު ބެކްސްޓްރޯކްގެ ރެކޯޑު ތަޒްކިޔާ އާކޮށްފި

ޔޫތު ގޭމްސްގައި 200 މީޓަރު ބެކްސްޓްރޯކްގެ ރެކޯޑު ތަޒްކިޔާ އާކޮށްފި

އަމްނާ ތަޒްކިޔާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޮކްޓޯބަރު 2025، 08:52

28 އޮކްޓޯބަރު 2025، 08:52

ބަޙްރެއިންގެ މަނަމާގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ޒުވާން ފެތުންތެރިޔާ، އަމްނާ ތަޒްކިޔާ މިރުޝާދު ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ފެތުމުގެ އިވެންޓުތައް އިއްޔެ ފަށާފައިވާއިރު، ތަޒްކިޔާ އާކުރީ ލޯންގް ކޯސް 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ---

މި އިވެންޓު ތަޒްކިޔާ ފުރިހަމަކުރީ ދެ މިނެޓް، 45.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. 

ކުރިން އޭނާ މި ރެކޯޑު އައުކުރީ މިދިޔަ އަހަރު ސްރީލަންކާގައި ކުރިޔަށްދިޔަ ނޭޝަނަލް އެންޑް ޖޫނިއަރ ނޭޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައެވެ.  އެ ފަހަރު ތަޒްކިޔާ ރެކޯޑު ހެދީ ދެ މިނެޓް، 51.26 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ތަޒްކިޔާގެ އަތުގައި ފެތުމުގެ އިތުރު 5 ރެކޯޑެއް އޮވެއެވެ. އެއީ:

  1. އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު
  2. އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު
  3. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު
  4. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު
  5. އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު

އަދި އިތުރު 3 އިވެންޓަކުން ޤައުމީ ރެކޯޑު ހަދާފައިވާ ޓީމުތަކުގައި ވެސް ތަޒްކިޔާ ހިމެނެއެވެ.

  1. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު
  2. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު
  3. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު

Ads by MSS

މި ލިޔުން ކިޔާލުމުން