Ads by Stelco

ޚަބަރު

ނައިފަރަށް 44 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ނައިފަރަށް 44 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ނައިފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 09:41

28 އޮކްޓޯބަރު 2025، 09:41

ފާދިއްޕޮޅު ނައިފަރަށް 44 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢު އެ ރަށުގައި ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފާދިއްޕޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ވަޒީރާއެކު، މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓު ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ އަދި ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢު ފެށުން / ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއިން 44.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ބިން ޙިމާޔަތްކުރުމަށް 1،813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ހެދުމާއި އަދި 474 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުން ވެސް މި މަޝްރޫޢުގެ ސްކޯޕްގައި ހިމެނެއެވެ. 

މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ އިތުރުން، ނައިފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ވަނީ މިއަދު ހެނދުނު ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން