Ads by Stelco

ޚަބަރު

ރައީސްގެ މާލެއަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލަކަށް ތުލުސްދޫއަށް ވަޑައިގެންފި

ރައީސްގެ މާލެއަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލަކަށް ތުލުސްދޫއަށް ވަޑައިގެންފި

ރައީސް، ތުލުސްދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޮކްޓޯބަރު 2025، 03:55

28 އޮކްޓޯބަރު 2025، 03:55

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މާލެއަތޮޅު ތުލުސްދޫއަށް ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނުގެ މާލެއަތޮޅު ދަތުރުފުޅުގެ 3 ވަނަ އަދި ފަހު މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ ތުލުސްދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މުހިންމު ކަންކަން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ތުލުސްދޫގެ ހޮސްޕިޓަލުގެ އައު އިމާރާތާއި،  ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ  ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، އެރަށުގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުގެ ޚިދުމަތާއި، ސްޓެލްކޯއިން ޤާއިމްކޮށްފައިވާ 'ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ' ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާނެ އެވެ. މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މާލެއަތޮޅުގެ މީހުން ދިރިއުޅޭ 03 ރަށަކަށް ވަނީ ވަޑައިގަންނަވާފަ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގަންނަވާފައި ވަނީ، ކ. ކާށިދޫ، ދިއްފުށި، އަދި ތުލުސްދޫއަށެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން