Ads by Stelco

ޚަބަރު

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާއަޅައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާއަޅައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާއެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޮކްޓޯބަރު 2025، 04:08

28 އޮކްޓޯބަރު 2025، 04:08

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ތުލުސްދޫގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ އަޅައިފައިވަނީ ރައީށް ޑރ މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިންނެވެ. 

މިކަމަށް ޚާއްސަކޮށްގެން ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިންނެވެ.  މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އެވެ.

މި ޕްރޮޖެކްޓަކީ ތުލުސްދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އައު އިންޖީނުގޭގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 06 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، އައު އިންޖީނުގެއަކާއި، ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއި، އަދި އިންފާރެއް ޤާއިމްކުރުން ހިމެނެއެވެ. މި މަސައްކަތް ކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ސަންވިލް ޕވޓ ލޓޑް އާއެވެ. މި މަސައްކަތަށް ޖުމްލަ 11,954,501.00 ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. މި އައު އިންޖީނުގެ ޤާއިމްކުރުމުން ތުލުސްދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން