Ads by Stelco

ޚަބަރު

ތިން ދާއިރާއަކުން ކިޔެވުމަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތިން ދާއިރާއަކުން ކިޔެވުމަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

މައުމޫން ފައުންޑޭޝަނުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބޭއްވި ޖަލްސާއެއް / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 08:41

29 އޮކްޓޯބަރު 2025، 08:41

ތިން ދާއިރާއަކުން ތަޢުލީމު ހާސިލްކުރުމަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ސްކޮލަރޝިޕް ފުރުސަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މާސްޓާސްއަށް ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައި ވަނީ މާސްޓާރސް އޮފް ފިޤްހު އާއި މާސްޓާރސް އޮފް އާރޓްސް އިން ޤުރުއާނިކް ސައިންސަސް އަދި މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަންއިންނެވެ.

މި ސްކޮލަރޝިޕަކީ މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕްތަކެއް ނަމަވެސް، މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވާނީ އިސްލާމިކް ޔުނިވަރސިޓީއިންކަމަށް އެ ފައުންޑޭޝަންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

މި ސްކޮލަރޝިޕް ފުރުސަތުގެ އިތުރުން ވެސް، މައުމޫން ފައުންޑޭޝަނުން އަންނަނީ ތަޢުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދީފައި ވެއެވެ. އަދި ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދީނީ އެކި މަޢުޟޫތަކަށް ފޮތް ލިޔުއްވާ، ޝާއިޢުކުރައްވާ، އާންމުންނަށް ލިބޭނޭގޮތް ހައްދަވައި ދެއްވުމާއި، ބައެއް ޔުނިވަސިޓީ އަދި ލައިބްރަރީ ފަދަ ތަންތަނަށް ފޮތް ހަދިޔާކުރުން ހިމެނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން