ދުނިޔެ

އިސްރާއިލްގެ ޢަމަލުތަކުން ދައްކުވައިދެނީ އެ މީހުންނަކީ ސުލްޙައަށް ބޭނުންވާ ބައެއް ނޫންކަން: ތުރުކީގެ ކޮމިއުނިކޭޝަންސް ޗީފް

އިސްރާއިލްގެ ޢަމަލުތަކުން ދައްކުވައިދެނީ އެ މީހުންނަކީ ސުލްޙައަށް ބޭނުންވާ ބައެއް ނޫންކަން: ތުރުކީގެ ކޮމިއުނިކޭޝަންސް ޗީފް

ތުރުކީވިލާތުގެ ކޮމިނިއުކޭޝަންސް ޗީފް ބުރުހާނެޓީން ދުރާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޮކްޓޯބަރު 2025، 11:33

29 އޮކްޓޯބަރު 2025، 11:33

ޞުލްޙައިގެ މުޢާހަދާ އާއި ޚިލާފުވެ އިސްރާއިލުން ޣައްޒާއަށް ހަމަލާދިނުމުނެ ދައްކުވައިދެނީ އެބައިމީހުންނަކީ ޞުލްޙައަށް ބޭނުންވާ ބައެއް ނޫން ކަން ކަމަށް ތުރުކީވިލާތުގެ ކޮމިނިއުކޭޝަންސް ޗީފް ބުރުހާނެޓީން ދުރާން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ އެންމެ ފަހުގެ ހަމަލާތަކާއި، ގަދަކަމުން ހިފައިފައިވާ ހުޅަނގު އައްސޭރި ފޭރިގަނެ އިސްރާއިލްގެ އިސްތުިޢުމާރުގެ ދަށަށް ގެންދިއުމަށް އެބައިމީހުންގެ  ޕާލިމެންޓުން ފާސްކުރި ބިލުން ހާމަވަނީ، އެބައިމީހުންގެ ސުލްޙައަށް ޓަކައި އެއްވެސް އެޖެންޑާއެއް ނެތްކަމާއި، އެ ޤައުމުން ބޭނުންވަނީ އިސްތިޢުމާރާއި ނަސްލު ނައްތާލުން ކުރިއަށް ގެންދިއުން ކަމަށެވެ.

ދުރާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެންމެ ފަހުން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 9 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމާއި، މިކަމުން އިސްރާއިލަކީ ސަރަހައްދީ ސުލްޙައާއި ހަމަޖެހުމަށް ބިރުވެރިކަމެއް އޮތް ޤައުމެއްކަން އަނެއްކާވެސް ސާބިތުކޮށްދޭ ކަމަށެވެ.

"ގަދަކަމުން ފޭރިގަނެފައިވާ ހުޅަނގުއައްސޭރި ފޭރިގަނެ އިސްތިިޢުމާރު ކުރުމަށް އިސްރާއިލްގެ ޕާލިމެންޓުން ނިންމި ކަމަށް ބުނާ ނިންމުމާއި، އެއަށްފަހު ޣައްޒާއަށް ދިން ހަމަލާތަކުން ދައްކުވައިދެނީ އިސްރާއިލް ސުލްޙަ ބޭނުންނުވާ ކަން، އެއަށްވުރެ ބޮޑަށް އެމީހުން ބޭނުންވަނީ އިސްތިޢުމާރުކުރުމާއި، ނަސްލު ނައްތާލުން ދެމެހެއްޓުން” ބުރުހާނެޓީން ދުރާން ވިދާޅުވިއެވެ.

ދުރާން ވަނީ އިސްރާއިލްގެ ނަސްލު ނައްތާލުމުގެ ސިޔާސަތުތައް ކުށްވެރިކުރުމަށާއި، އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި އޭނާ ވަނީ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާންގެ ލީޑަރޝިޕްގެ ދަށުން، ތުރުކީން އަބަދުވެސް އަނިޔާ ލިބޭ ފަރާތްތަކުގެ ދިފާޢުގައި، ފަލަސްތީނުގެ މަސްލަޙަތު ދިފާޢުކުރުމުގައި ސާބިތުކަމާއެކު ދެމިހުންނާނެކަމަށް ޔަޤީންކަން ދެއްވާފައެވެ.

މި ހަމަލާތައް ދިނުމުގެ ސަބަބެއް ކަމަށް އިސްރާއިލުން ބުނަނީ ހަނގުރާމަ ހުއްޓާލުމުގެ ޤަވާއިދުތަކާ ޚިލާފުވުން ކަމަށެވެ. މި ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނުގެ ދަށުން އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ދެމިއޮތް އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ އިސްރާއިލްގެ އަތްދަށުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ބަދަލުކުރުމަށް އިސްރާއިލްގެ އަސީރުން ދޫކޮށްލުމާއި، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ. އިސްރާއިލުން މިދިން ހަމަލާތަކުގެ ސަބަބުން މި މުޢާހަދާ ދެމެހެއްޓެނިވިކަމާމެދު ސުވާލު އުފެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން