ވިޔަފާރި / ޚަބަރު

"ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

"ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

"ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 12:23

29 އޮކްޓޯބަރު 2025، 12:23

ބޭންކް އޮފް މޯލްޑިވްސްއިން "ދިވެހީންގެ ބޭންކް، މުޅި ރާއްޖެއަށް" ކެމްޕޭނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްފިއެވެ.

ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ވިދާޅުވީ މި ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެއް ކަމުގައެވެ.



'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' ކެމްޕޭނާއެކު މި މަޤްޞަދު ޙާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްޤީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެފައި ވެއެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ. 

ކެމްޕެއިން ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފައިވެއެވެ.  މި ކާޑުން ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން