ޚަބަރު
ވެލިދޫގައި ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް!
ނ. ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުން. ފޮޓޯ: އެމް.ޓީ.ސީ.ސީ.
ފަރުދުން
29 އޮކްޓޯބަރު 2025، 05:01
29 އޮކްޓޯބަރު 2025، 05:01
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމް.ޓީ.ސީ.ސީ.އިން އަދު ހާމަ ކުރި ގޮތުގައި، ނ. ވެލިދޫ ބިން ހިއްކައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ގިއޯ ބޭގް ޖެހުމުގެ މަސައްކަތެވެ.
Project Update: Land Reclamation and Shore Protection for N. Velidhoo Industrial zone
— MTCC Plc (@MTCCPlc) October 29, 2025
Geo bag revetment installation work is currently ongoing at the site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/OAedUQaK2b
ވެލިދޫ ފަޅުން ހިއްކާ ސަރަޙައްދަކީ، ރަށުގެ އިޤުތިޞާދީ ފުރުޞަތުތައް ތަރައްޤީކުރުމަށް ބޭނުންކުރަން ހަމަޖެހިފައިވާ ބިމެކެވެ. 2.7 ހެކްޓަރުގެ ބޮޑުމިން ހުންނަ އެ ބިން ބޭނުންކުރާނީ އޮޑިދޯނި ބާލައި އެހެލުމަށާއި، ފައިބަރު މަސައްކަތް ކުރުމަށެވެ. ފައިބަރު މަސައްކަތަކީ ރާއްޖޭގެ މަދު ރަށެއްގައި ވިޔަފާރީގެ ގޮތުން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަން ފާހަގަކުރެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ވެލިދޫގެ މަސްވެރިކަމާއި އުފެއްދުންތެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.