Ads by Stelco

ޚަބަރު

މަގޫދޫ ފިޓްނަސް ސެންޓަރުގެ އަދާހަމަ: ތަނބުތައް ވަރުގަދަކޮށް، ފޯމްވޯކް ސެޓަޕް ކުރަނީ

މަގޫދޫ ފިޓްނަސް ސެންޓަރުގެ އަދާހަމަ: ތަނބުތައް ވަރުގަދަކޮށް، ފޯމްވޯކް ސެޓަޕް ކުރަނީ

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަދާހަމަ. ފޮޓޯ: އެމް.ޓީ.ސީ.ސީ.

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 05:09

29 އޮކްޓޯބަރު 2025، 05:09

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫގައި ބިނާކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަދާހަމަ، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމް.ޓީ.ސީ.ސީ.އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނީ، މިހާރު ކުރިއަށް ދަނީ އެ ސެންޓަރުގެ ތަނބުތައް ވަރުގަދަކޮށް، ފޯމްވޯކް ސެޓަޕް ކުރުމުގެ މަސައްކަތް ކަމަށެވެ.

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، ޢާންމުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، މުނިފޫހިފިލުވުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ސަރުކާރުން ބިނާކުރާ ޢިމާރާތެކެވެ. މި ސެންޓަރުގެ މަސައްކަތް ނިމުމުން، މަގޫދޫގެ ރައްޔިތުންނަށް ކަސްރަތުގެ އިތުރުން، ކުޅިވަރުގެ ޙަރަކާތްތައް ބޭއްވުމަށް ފަސޭހަވެގެންދާނެއެވެ.

ސަރުކާރުގެ ތަޞައްވުރަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމެވެ. އެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ރަށްތަކެއްގައި ވަނީ ފިޓްނަސް ސެންޓަރުތަކުގެ ޢަމަލީ މަސައްކަތް ފަށައިފައެވެ. މި ގޮތުން އެންމެ ފަހުން ޙަވާލުކޮށްފައިވަނީ ނ. އަތޮޅާއި ބ. އަތޮޅާއި ހ.ދ. އަތޮޅާއި. ޅ. އަދި ކ. އަތޮޅުގެ ގިނަ ރަށްތަކުގައި ފިޓްނަސް ސެންޓަރުތައް އެޅުމަށެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން