ދުނިޔެ

ޣައްޒާގެ ޑރ. ޙުސާމް އަބޫ ސާފިޔާ އަދިވެސް އިސްރާއީލުގެ ބަންދުގައި: ދޫކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުދޭ

ޣައްޒާގެ ޑރ. ޙުސާމް އަބޫ ސާފިޔާ އަދިވެސް އިސްރާއީލުގެ ބަންދުގައި: ދޫކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުދޭ

ޑރ ޙުސާމް އަބޫ ސާފިޔާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2025، 02:11

30 އޮކްޓޯބަރު 2025، 02:11

އިސްރާއިލުން ރަހީނުކޮށްގެން ގެންގުޅެމުންދާ ޣައްޒާގެ ބައިތު ލާހިޔާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ޙުސާމް އަބޫ ސާފިޔާ ދޫކޮށްލުމަށް އިސްރާއިލުން ދަނީ ދެކޮޅުހަދަމުންނެވެ. 

އިސްރާއިލުން ޢަސީރުން ދޫކުރަމުންދާއިރު ޑރ ޙުސާމް ދޫކޮށްލާނެ ކަމަށް ބުނެ، އެބަހާއި ޚިލާފުވެ އަނެއްކާވެސް އިތުރު ދިގު މުއްދަތަކަށް ޑރ ޙުސާމް ހައްޔަރުކޮށްފައި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

 2024 ވަނަ އަހަރުގެ ތެރޭގައި، އެތައް މަހެއް ވަންދެން އިސްރާއީލުގެ ސިފައިން ވަނީ އާއިލާއާ އެކު އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. ނަމަވެސް، އޭނާގެ އެކުވެރިންނާއި އާއިލާއިން އަލްޖަޒީރާގެ 'ފޯލްޓް ލައިންސް' ޑޮކިއުމެންޓަރީއެއްގައި ބުނެފައިވާ ގޮތުގައި، އަބޫ ސާފިޔާ ވަނީ އޭނާގެ ބަލިމީހުން ދޫކޮށްލާފައި ދިއުމަށް ދެކޮޅު ހައްދަވާފައެވެ.

އިސްރާއީލުގެ ސިފައިން ހޮސްޕިޓަލް ވަށާލުމާ ގުޅިގެން، ޑިސެންބަރު މަހު އިސްރާއީލުގެ އޮފިސަރަކު އަބޫ ސާފިޔާއަށް ގުޅާފައި ވަނީ އޭނާއާއި އޭނާގެ މުވައްޒަފުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އެ ވައުދަކީ ހަގީގަތެއް ނޫނެވެ. އޭގެ ބަދަލުގައި، މި ޕީޑިއެޓްރީޝަނާއި ނިއޯނޭޓޮލޮޖިސްޓް ވަނީ އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަށް ދިހަ މަސް ވެފައިވާއިރު އަދިވެސް ޑރ ޙުސާމް އަބޫ ސާފިޔާ ހުރީ ބަންދުގައެވެ. 

އިސްރާއީލުން އޭނާ ހިމެނޭ ގޮތަށް އެއްވެސް ހައްޔަރު މީހަކު ބަދަލުކުރުމަށް ދެކޮޅު ހަދާފައިވެއެވެ. އޭނާގެ ވަކީލު ވިދާޅުވީ، އެކަނި ބަންދުކޮށްގެން ދިގު މުއްދަތަކަށް ބޭތިއްބުން ހިމެނޭ ގޮތަށް، އޭނާއަށް އަނިޔާ އާއި އިންސާނިއްޔަތާ ޚިލާފު މުޢާމަލާތްތައް ކުރަމުންދާ ކަމަށެވެ.

ހައްޔަރުކުރުމުގެ ކުރިން، ޑރ އަބޫ ސާފިޔާ ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަނގުރާމައިގެ ބިރުވެރިކަން ދުށުމަށް ފަހު ވެސް، އެ މަސައްކަތް ދޫކޮށް ނުލާނެ ކަމަށް ނިންމާފައެވެ. ހަނގުރާމައިގެ ކުރީކޮޅު، ޑރ އަބޫ ސާފިޔާ ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލްގެ ދައުރުތައް ނިންމާފައި، އޭނާގެ އަމިއްލަ ވަޒަނަށް އިސްރާއީލުން ދެމުންގެންދާ ހަނގުރާމައިގެ ހޭލުންތެރިކަމާއި ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދި ވީޑިއޯތައް ހަދާފައިވެއެވެ. އެތައް ހާސް ބަޔަކު ޝަހީދުވަމުން

 ދިޔައިރު، ޣައްޒާއަށް އިސްރާއީލުން އަޅާފައިވާ މުޙާޞަރާގެ ސަބަބުން ބޭނުންވާ ސާމާނާއި ބޭސްތައް ލިބުމަށް ހުރަސް އެޅިފައިވެއެވެ. ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ދެމުންގެންދާ ހަމަލާތައް އިތުރުވި ނަމަވެސް، އަބޫ ސާފިޔާ ވަނީ އޭނާގެ ބަލިމީހުން ދޫކޮށްލުމަށް ދެކޮޅު ހައްދަވާފައެވެ. ނޮވެމްބަރު 25 ގައި ހޮސްޕިޓަލަށް ދިން ޑްރޯން ހަމަލާއެއްގައި އޭނާއަށް އަނިޔާވެ، ޒަޚަމްތަކާއި އެކުގައިވެސް އޭނާ އެ މަސައްކަތް ދޫކޮށްލާފައެއް ނުވެއެވެ.

އޭނާގެ އާއިލާއިން ވަނީ ޣައްޒާ ދޫކޮށް ދިއުން ރަނގަޅު ނޫންތޯ ސުވާލުކޮށްފައެވެ. އޭނާގެ އަނބިކަނބަލުން އަލްބީނާ ވިދާޅުވީ، “ތިބާ ދަތުރުކުރަން ބޭނުން ނަމަ، ކުދިން ގޮވައިގެން ދޭ، އެކަމަކު އަހަރެން މަސައްކަތް ކުރުމަށް މިތާ ހުންނާނަން، ޑރ ޙުސާމް އަބޫ ސާފިޔާ ބުނި" ކަމަށެވެ. ނަމަވެސް އަލްބީނާ ވަނީ ދިއުމަށް ދެކޮޅު ހައްދަވާފައެވެ. ޑރ އަބޫ ސާފިޔާއެކޭ އެއްގޮތައް އޭނާގެ އަނބިކަނބަލުންވެސް ވަނީ ޣައްޒާ ދޫކޮށް ދިޔުމަށް ދެކޮޅު ހައްދަވައިފައެވެ.

 ޑރ އަބޫ ސާފިޔާގެ ދެމަފިރިން ބައްދަލުވީ 1990 ގެ އަހަރުތަކުގައި ކަޒަކިސްތާނުގައި އޭނާ މެޑިސިން ކިޔަވަމުން ދަނިކޮށެވެ. އެމީހުންގެ ފުރަތަމަ ފިރިހެން ދަރިފުޅު އިލިޔާސް އުފަންވުމަށް ފަހު، އަލްބީނާ އާއި އަބޫ ސާފިޔާ 1998 ގައި ޣައްޒާއަށް ބަދަލުވެ، ޖަބާލިޔާގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅުނެވެ. އޭގެ ފަހުން އިތުރު ތިން ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ލިބުނެވެ.

އިލިޔާސް 2020 ގައި ކައިވެނިކޮށް ދެ ކުދިން ލިބުނުއިރު، ހަނގުރާމަ ފެށުމުގެ ކުރިން އަލްބީނާ އާއި އަބޫ ސާފިޔާ ވަނީ ބައިތު ލާހިޔާގައި ހުރި އާ ގެއަކަށް ބަދަލުވެފައެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެމީހުންގެ ދިރިއުޅުމާއި އާއިލާއަށް ބޮޑެތި ބަދަލުތަކެއް އައެވެ. 

އަބޫ ސާފިޔާއަށް ހަމަލާ ދިން ހަމަލާގައި، އޭނާގެ އަންހެން ދަރިފުޅުގެ ކަރަށް ބިއްލޫރިކޮޅެއް ވަދެގެން އަނިޔާ ވެފައިވެއެވެ. ނަމަވެސް ޑރ އަބޫ ސާފިޔާ އަށް ހަނގުރާމައިގެ ތެރޭގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހަކީ އޭނާގެ 20 އަހަރުގެ ފިރިހެން ދަރިފުޅު އިބްރާހިމް ގެއްލުނު ދުވަހެވެ.

 "އޭނާގެ މުޅި ދިރިއުޅުން އަދިވެސް އޮތީ ކުރިމަތީގައި. އޭނާ ބޭނުންވީ އޭނާގެ ބައްޕާފުޅު ފަދައިން ޑޮކްޓަރަކަށް ވާން. އޭނާ ކަޒަކިސްތާނަށް ދަތުރުކުރުމަށް ރަޖިސްޓްރީ ކޮށްފައި ހުއްޓާ. އެކަމަކު އެކަން ނުވި." އަލްބީނާ ވިދާޅުވިއެވެ.

އަލްބީނާ ވިދާޅުވީ، ކަމާލް އަދުވާން ހޮސްޕިޓަލަށް ކުއަޑްކޮޕްޓަރުން ހަމަލާދިން އިރު އިބްރާހިމް ހުރީ ބާޒާރުގައި ކަމަށެވެ. އޭނާގެ މަންމައަށް ބުނީ، އޭނާ ހުރީ ހޮސްޕިޓަލާ ކައިރީގައި ހުރި ގެއެއްގައި ކަމަށާއި، ހާލަތު މަޑުޖެހުމުން އަންނާނެ ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން