ދުނިޔެ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ "ވަރަށް ޓަފު" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ތަޤުރީރެއްގައި ވިދާޅުވެއްޖެ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ "ވަރަށް ޓަފު" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ތަޤުރީރެއްގައި ވިދާޅުވެއްޖެ

ޓްރަމްޕް އޭޝިޔާ ޕެސިފިކް އެކޮނޮމިކް ކޮއޮޕަރޭޝަންގައި ތަޤުރީރެއް ދެއްވަނީ.

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2025، 05:51

30 އޮކްޓޯބަރު 2025، 05:51

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަކީ "ވަރަށް ޓަފު" ބޭފުޅެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ "އޭޝިޔާ ޕެސިފިކް އެކޮނޮމިކް ކޮއޮޕަރޭޝަން- ސީ.އީ.އޯ." ސަމިޓުގައި ދެއްވި ތަޤުރީރެއްގައެވެ. 

ޓްރަމްޕް ވިދާޅުވީ، އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުންތައް ފައުޅުވުމުން، ޓްރަމްޕް ވަޤުތުން ދެ ޤައުމުގެ ލީޑަރުންނާ ގުޅުއްވި ކަމަށާއި، ޞުލްޙަ ނުކޮށްފި ނަމަ ދެ ޤައުމާ އެކު އޮތް އެމެރިކާގެ އިޤުތިޞާދީ ގުޅުން ކަނޑާލާނެ ކަމަށް އިންޒާރު ދެއްވި ކަމަށެވެ.  ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ޓްރަމްޕްގެ މި އިންޒާރުގެ 2 ދުވަސް ފަހުން، އިންޑިޔާއާއި ޕާކިސްތާނު ދެމެދުގެ ޢަސްކަރީ ކުރިމަތިލުންތައް ހުއްޓުމަކަށް އައެވެ.

ޓްރަމްޕްގެ ތަޤުރީރުގައި މޯދީ ޞިފަކުރައްވަމުން ވިދާޅުވީ، މޯދީއަކީ "ޓަފް އޭޒް ހެލް" ނުވަތަ ވަރަށް ޓަފު ބޭފުޅެއް ކަމަށާއި، ބޭރު ފުށުން ވަރަށް ރަނގަޅު ރީތި މީހެއްގެ ގޮތުގައި ފެނުނަސް، މޯދީއަކީ ވަރުގަދަ ޤާތިލެއް ކަމަށެވެ. ޕާކިސްތާނުގެ ފީލްޑް މަރޝަލް ޢާޞިމް މުނީރަށް ވެސް ޓްރަމްޕް ތަޢުރީފުކުރައްވާފައިވާއިރު، ޓްރަމްޕް ވިދާޅުވީ ޢާޞިމަކީ ވަރުގަދަ "ފައިޓަރެއް" ކަމަށެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަކީ ވެސް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އުފެދުނު ހަމަނުޖެހުމަށް މައިތިރިކަމެއް އައީ ޓްރަމްޕް ބިރުދެއްކެވުމުން ކަމަށް ޓްރަމްޕް ދަޢުވާކުރައްވާއިރު، އިންޑިޔާއާއި ޕާކިސްތާނާއި ދެ ޤައުމުން ވެސް، މި ދަޢުވާއަށް އިންކާރުކުރެއެވެ. އެމެރިކާގެ ވިޔަފާރީގެ ގުޅުމަކީ ދެ ޤައުމުގެ މަޞްލަޙަތާ ގުޅުން ނެތް ކަމެއް ކަމަށް އިންޑިޔާ އަދި ޕާކިސްތާނުން ބުނާއިރު، ޓްރަމްޕް ވިދާޅުވަނީ، ޓްރަމްޕްގެ އިންޒާރަށް ދެ ދުވަސް ވުމުން، ދެ ޤައުމުގެ ވެރީން ޓްރަމްޕަށް ގުޅުއްވައި، "ތަޅައިފޮޅުން ހުއްޓައިލަން އެއްބަސްވެއްޖައީމޭ" ބުނި ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ބަސްފުޅެއްގެ ސަބަބުން ދެ ޤައުމުން ޞުލްޙަ ޤާއިމުކުރުމަށް މަގުފަހިވެގެން ދިޔުމަކީ، ބައިޑެންއަށް ވުރެ އެ މަނިކުފާނުގެ މޮޅުކަން ދެއްކެވުމުގެ ފުރުޞަތެއްގެ ގޮތުގައި ޓްރަމްޕް ބޭނުންކުރެއްވި ކަމެކެވެ.

ކަލޭމެން ހީކުރަނީތަ ބައިޑެން [ވެރިކަމުގައި ހުންނެވި] ނަމަ ވެސް މިހެން ހެއްދެވީހޭ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އިންޑިޔާއާއި ޕާކިސްތާނުގެ ޞުލްޙައިގައި މައި ދައުރެއް އަދާކުރެއްވި ކަމަށް އެ މަނިކުފާނު ދަޢުވާކުރައްވާއިރު، އިންޑިޔާއިން ތަކުރާރުކޮށް އަންނަނީ މި ކަން ދޮގުކުރަމުންނެވެ. މި ގޮތުން، ޞުލްޙަ ޤާއިމުކުރީ ދެ ޤައުމުގެ ޢަސްކަރިއްޔާގެ އިސް ބޭފުޅުންގެ މަޝްވަރާގެ ސަބަބުން ކަމަށާއި، އެ ކަމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން