Ads by Stelco

ޚަބަރު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ބައްސާމުގެ މައްޗަށް އިތުރު 5 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް!

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ބައްސާމުގެ މައްޗަށް އިތުރު 5 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް!

ބައްސާމް/ފޮޓޯ: އަދަދު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 06:51

30 އޮކްޓޯބަރު 2025، 06:51

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު 5 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭނާގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ޚިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް، މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ ވެސް ސާބިތުވެގެންނެވެ. އެގޮތުން، އޭނާގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއެކު، 154،000 ރުފިޔާގެ ޖޫރިމަނާއެއް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މީގެ ކުރިން، ބައްސާމްގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަޤާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުން ކުރި މައްސަލައިގައެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި، އެކުށުގެ އަދަބަކަށް 15 އަހަރުގެ ޖަލު ހުކުމަކާއި 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ދައުލަތުން އެދުނު ނަމަވެސް ބައްސާމް ވަނީ ލުއި އަދަބެއް ދިނުމަށް އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން