Ads by Stelco

ޚަބަރު

ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް އެ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެދެފި

ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް އެ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެދެފި

އުޅަނދުތައް ނެގުމަށް އެދިފައިވާ ސަރަޙައްދު---

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2025، 09:16

30 އޮކްޓޯބަރު 2025، 09:16

ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށްޓަކައި، އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެދެފިއެވެ.

އެޗްޑީސީއިން މިއަދުކުރި އިޢުލާނެއްގައި ބުނީ، ބިން ހިއްކަން ފެށުމަށްޓަކައި، ބިންހިއްކަމުންގެންދާ ސަރަޙައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް ބޭނުންވާކަމަށެވެ.

އެހެންކަމުން، 5 ނޮވެންބަރު 2025ގެ ނިޔަލަށް، އެ އުޅަނދުތައް ނަގައިދިނުމަށް ވަނީ އެޗްޑީސީއިން އެދިފައެވެ.

އަދި އުޅަނދުތައް ނެގުމަށްފަހު އެ ސަރަޙައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައި ވާނެކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. 

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ހާމަކޮށްފައިވެއެވެ. އެގޮތުން މި ފިޔަވަހި ވެސް ތަރައްޤީ ކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން، ޕާކްތަކާއި، ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ގިނަ ފުރުސަތުތައް ފަހިވާނެ ގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން