ކުޅިވަރު / ޚަބަރު
އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކުގައި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފްއެވެ.
އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
- ހއ. މުރައިދޫ - ފުޓްބޯޅަދަނޑު
- ހދ. ކުމުންދޫ - ފުޓްބޯޅަދަނޑު
- ށ. ފީވަކު - ފުޓްބޯޅަދަނޑު
- ރ. މާކުރަތު - ފުޓްސަލްދަނޑު
- ލ. ކުނަހަންދޫ - އައުޓްޑޯ ވޮލީކޯޓް
- ހދ. ވައިކަރަދޫ - ސްކޭޓްޕާކް
- ގއ. ދެއްވަދޫ - ފުޓްބޯޅަދަނޑު
- ކ. ހުރާ - ފުޓްބޯޅަދަނޑު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ތަފާތު ކުޅިވަރުތައް ކުޅެވޭނެ ފެންވަރު ރަނގަޅު ދަނޑުތައް ޤާއިމްކުރުމަކީ މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
8 ރަށެއެއްގައި ހިންގުމަށް ހަމަޖެހިފައިވާ 8 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި މިއަދު ވަނީ އެމްޓީސީސީއާ އެކު ސޮއިކޮށްފައި.
— Ministry of Sports, Fitness and Recreation (@MoSFR_mv) October 30, 2025
މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ… pic.twitter.com/PuPlpYiai6