ކުޅިވަރު
ނޮވެމްބަރުގައި ބާއްވާ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް 2024 / ފޮޓޯ: އިމޭޖަސް އެމްވީ
ނޮވެމްބަރު މަހުގެ 12އިން 17އަށް ބާއްވާ، ލެވެލް 1ގެ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މާލޭ ސިޓީގައި ބާއްވާ މި ކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ 5 ނޮވެމްބަރު 2025ގެ ނިޔަލަށެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ނެޓްބޯޅައާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވެ އުޅެފައިވާ ފަރާތަކަށްވުމަކީ ވެސް މި ކޯހުގެ ޝަރުތެކެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ކޯސް ކުރިޔަށް ގެންދާނީ 30 ބައިވެރިންނަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް ރެޖިސްޓަރވުމަށް އެދެވިގެން ވެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމު، އެ ވުޒާރާގެ މީސް މިޑިއާގައި ވަނީ ޙިއްސާކޮށްފައެވެ.