Ads by Stelco

ޚަބަރު

ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އާދަތަކާ: ޞިއްޙީ ވަޒީރު

ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އާދަތަކާ: ޞިއްޙީ ވަޒީރު

ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައ ވަޒީރު ނާޒިމް ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ޕީއެސްއެމް ނިއުސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޮކްޓޯބަރު 2025، 07:00

31 އޮކްޓޯބަރު 2025، 07:00

ދިވެހިރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އާދަތަކާ ކަމުގައި ޞިއްޙީ ވަޒީރު ޢަބްދުالله ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. "ނޭޝެނަލް ޓޯޗް ރަން"އަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާއެކު، 1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުން މަނާކުރުން ފާހަގަ ކުރުމަށް، 24 ގަޑިއިރު ވަންދެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ދުވުމެކެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވީ، ދިވެހީންގެ ޞިއްޙީ ގިނަ މައްސަލަތައް ނުރަނގަޅު އާދަތަކާއި ގުޅިފައިވާއިރު، މިފަދަ އާދަތަކުން މުޖުތަމަޢު އާއި ޅަދަރިން ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ޞިއްޙީގޮތުން ރައްކާތެރި، ޞިއްޙީ ދުޅަހެޔޮކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަކީ، މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައް ކަމުގައެވެ.

އަދި މި ވިސްނުމުގައި ގެނެވޭ ޖެނެރޭޝަން ބޭންއަކީ، ދުންފަތުގެ ނުރަނގަޅު އާދައިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވޭ ޤައުމީ ބޮޑު މަސައްކަތެއް ކަމާއި، ރާއްޖެއަކީ ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަށްވީއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖަނަރޭޝަން ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުން، އަދި އެ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަޤީންކަމާއެކު ދިވެހިރާއްޖެ ވެގެން މިދަނީ މިފަދަ ސިޔާސަތެއް ދުނިޔޭގައި ތަންފީޒުކުރާ އެންމެ ފުރަތަމަ ޤައުމަށް. މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި.

ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށާއި، ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން