Ads by Stelco

ޚަބަރު

ޤައުމަކަށް ޞިއްޙީ ގޮތުން ދުޅަހެޔޮޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް

ޤައުމަކަށް ޞިއްޙީ ގޮތުން ދުޅަހެޔޮޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް

ވަޒީރު ސަޢީދު ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސެއިނާ އެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2025، 11:33

01 ނޮވެމްބަރު 2025، 11:33

ޤައުމަކަށް ޞިއްޙީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ޖެނެރޭޝަނަލް ބޭން އެއް ގެންނެވުމަށް ނިންމެވި ވަރުގަދަ ނިންމެވުން މިއަދުން ފެށިގެން އެކަން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން ކުރެއްވެވި އެކްސް ޕޯސްޓެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ މިތާރީޚީ އަދި ހިތްވަރުގަދަ ނިއްމުމަށް ހޫނުމަރުޙަބާއެއް ދަންނަވާ ކަމަށެވެ.

ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮޖީލެއްލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް. ރައްޔިތުންއިންތިހާބުކުރާ ވެރީންނަކީ ދުރައްވިސްނާ، ޢާއްމުމަންފާއިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެ

ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ސަޢީދުގެ ޕޯސްޓުގައި އިޖުތިމާޢީ މިފަދަ އެތައްކަމަކަށް އިސްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމުބިނާކުރުމަށް ރައީސް ޑރ.މުޢިއްޒު ކުރައްވާ ޤައުމީ މަސައްކަތްޕުޅުގައި ކާމިޔާބީ އަށް އެދިފައިވެއެވެ. 

ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދަނީ ރައީސް މުޢިއްޒުގެ މި ނިންމެވުމަށް މަރުޙަބާ ދަންނަވައިފައެެވެ. 

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން