Ads by Stelco

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ވެއްޓުނު މީހަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ވެއްޓުނު މީހަކު މަރުވެއްޖެ

ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2025، 12:11

01 ނޮވެމްބަރު 2025، 12:11

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ވެއްޓުނު މީހަކު މަރުވެއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގެ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާ ކަމަށެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 08:32 ގައެވެ. ހާދިސާ ހިނގިތަނުން އެމީހާ ވަގުތުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ނިޔާވި މީހާއަކީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން