Ads by Stelco

ޚަބަރު

ޖެނެރޭޝަނަލް ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށްޓަކައި ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް

ޖެނެރޭޝަނަލް ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށްޓަކައި ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2025، 12:43

01 ނޮވެމްބަރު 2025، 12:43

ޖެނެރޭޝަނަލް ޓޮބާކޯ ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށް ޓަކައިި ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

މިއަދު ތަންފީޒު ކުރެވެން ފެށުނު ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން މެޑަމް ސާޖިދާ ކުރެއްވެވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަޅުގަނޑުމެން މިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ނެތް ދިވެހިރާއްޖެއަކަށް މިސްރާބުޖެހުމުގެ ތާރީޚީ ފިޔަވަޅެއް އަޅާފައި ކަމަށެވެ.

 ޞިއްޙީ ދާއިރާގައި ޞިއްޙަތާއި ގުޅުންހުރި ކަންކަމުގައި އަޑުއުފުއްލަވާ ކަނބަލެއްގެ ހައިސިއްޔަތުން، އެކަމަނާ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ޖެނެރޭޝަނަލް ބޭން އިފްތިތާޙުކުރުމުގައި ސަރުކާރުން ދައްކަވާފައިވާ ލީޑަރޝިޕަށް ތަޢުރީފުކުރައްވާ ކަމަށެވެ.

“މިއީ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށްޓަކައި ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެކެވެ. މިއީ ދުންފަތުގެ ވަބާއިން ސަލާމަތްވެ، ބަލިތަކުން ދުރުކުރުމަށް ހެކިތަަކަށް ބިނާކޮށް އެޅޭ ރަނގަޅު ފިޔަވަޅެއް” މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.

ސާޖިދާ ވިދާޅުވީ މިކުރެވޭ މަސައްކަތަކީ ޒުވާނުންނަށްޓަކައި ޞިއްޙަތު ރަނގަޅު، ބާރުގަދަ މުސްތަޤުބަލެއް ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިކަމަކީ ރާއްޖެއަށް އޮތް ފަޚުރެއް ކަމަށްެވެސް އެކަމަނާ ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން