ދުނިޔެ

ބިލިއަނަރުންގެ ދަހިވެތިކަމަށް ބިލީ އައިލިޝް ފާޑުކިޔައި، ގިނަގިނައިން މީހުންނަށް އެހީވުމަށް ގޮވާލައިފި

ބިލިއަނަރުންގެ ދަހިވެތިކަމަށް ބިލީ އައިލިޝް ފާޑުކިޔައި، ގިނަގިނައިން މީހުންނަށް އެހީވުމަށް ގޮވާލައިފި

މާކް ޒަކާބާގް އަދި ބިލީ އައިލިޝް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ނޮވެމްބަރު 2025، 10:53

01 ނޮވެމްބަރު 2025، 10:53

މިއުޒިކް ދާއިރާގެ މަޝްހޫރު ތަރި ބިލީ އެއިލިޝް މިހަފްތާގައި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ބައެއް ފަރާތްތަކާ ކުރިމަތިލައި، އެމީހުންގެ ދަހިވެތިކަމަށް ފާޑުކިޔައިފައެވެ. ނިއުޔޯކްގައި ބޭއްވުނު ވޯލް ސްޓްރީޓް ޖާނަލް މެގަޒިން އިންނޮވޭޓަރ އެވޯޑްސްގައި، އޭނާ އެވޯޑު ބަލައިގަތުމަށްފަހު ދިން ތަޤުރީރެއްގައި، ޓެކް ދާއިރާގެ ބޮޑެއްކަމުގައިވާ މާކް ޒަކަބާގް ވެސް ހިމެނޭ ގިނަ ބިލިއަނަރުން ތިބި މަޖިލިހެއްގައި، އޭނާ ވަނީ މިލިއަނަރުންނަށް ފައިސާ ހަދިޔާކުރުމަށް ގޮވާލާފައެވެ.

މިއުޒިކް އިންނޮވޭޓަރ އެވޯޑު ބަލައިގަތުމަށް މިއުޒިއަމް އޮފް މޮޑަން އާޓްގައި ވާހަކަ ދައްކަވަމުން، 23 އަހަރުގެ އެއިލިޝް ވަނީ މުޅި ހޯލު ހައިރާންކޮށްލާފައެވެ. "ތިއީ ބިލިއަނަރެއް ނަމަ، އެނެމެފުރަތަމަ ބިލިއަނަރަކަށްވީ ކީއްވެތޯ؟ ނަފްރަތެއް އޮވެެގެނެއްނޫން، އެކަމަކު ހަމަ ތިބޭފުޅުން ފައިސާ ހަދިޔާކުރާށޭ، ޝޯޓީސް،" އޭނާ ބުންޏެވެ. މި ބަސްތަކާއެކު މުޅި ހޯލުގައތިބި އެންމެން ހޭންފަށާ ހައިރާންކަމުގެ އަޑުތަކުން ގުގުމާލިއެވެ. އެހެންނަމަވެސް، އެންމެންގެ ނަޒަރު ހުއްޓުނީ މާކް ޒަކަބާގް އަށެވެ. ހެކިން ބުނާ ގޮތުގައި އޭނާ ހުރީ ނުތަނަވަސް ހިތްހަމަނުޖެހުން ފެނިގެންދިޔަ މޫނެއްގައި ކަމަށާއި އަތްތިލަބަޑި ޖެހުމަށް ދެކޮޅު ހެދި ކަމަށެވެ. މި ހާދިސާ ވަގުތުން ވައިރަލްވެގެންދިޔައީ، މިއުޒިކްގެ މަޝްހޫރު ތަރީގެ މެސެޖާއި މުއްސަނދިކަމަށް އިސްކަންދޭ ސަގާފަތާ ދެމެދު އޮތް ހަމަނުޖެހުން ހާމަކޮށްދެމުންނެވެ.

އެއިލިޝް އިތުރަށް ބުނީ މާލީ ބާރުވެރިކަން ލިބިފައިވާ ފަރާތްތަކުން ހަމްދަރުދީއާއެކު އަދި އިޖްތިމާޢީ ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. " އަތުގައި ފައިސާ ހުރިނަމަ، ރަނގަޅު ކަންކަމަށް އެ ފައިސާ ބޭނުންކުރުން ވަރަށް ރަނގަޅު ވާނެ،" އޭނާ ބުންޏެވެ. މުއްސަނދިންނަށް ގޮވާލީ، ހިސާބު ނުކުރެވޭ މުއްސަނދިކަން ރައްކާކުރުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ކޮމިއުނިޓީތަކަށް އެހީތެރިވުމަށެވެ. އޭނާގެ ބަސްތަކުން ގިނަ ބައެއްގެ ހިތަށް އަސަރުކުރިއެވެ. ސަބަބަކީ އެތަނުގައި ތިބީ ވިޔަފާރީގެ ދާއިރާގެ އަދި މަސްތުވާތަކެތީގެ ވިޔަފާރީގައިއުޅޭ އެންމެ ބޮޑެތި ބައެއް ނަންތައް ކަމަށްވާތީއެވެ.

އެއިލިޝް  ތަޤުރީރުކޮށް އެހިސާބުން ހުއްޓައެއް ނުލައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، އޭނާ އިއުލާންކުރީ އޭނާގެ "ހިޓް މީ ހާޑް އެންޑް ސޮފްޓް" ވޯލްޑް ޓޫއަރއިން ލިބޭ އާމްދަނީގެ ތެރެއިން 11.5 މިލިއަން ޑޮލަރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އިންސާފާއި، ކާނާގެ ހަމަހަމަކަމާއި، ކޮމިއުނިޓީ ޕްރޮގްރާމްތަކަށް ހަދިޔާކުރާނެ ކަމަށެވެ. މި ޢަމަލުން އޭނާގެ ގޮވާލުމަށް އިތުރު ބާރެއް ލިބިގެންދިޔައިރު، އޭނާގެ މި އުސޫލުތައް ޢަމަލީ ސިފައެއްގައި ހިންގުމުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ތައުރީފު ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން