ކުޅިވަރު

ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށް މެޑްރިޑުން ލީގުގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފި

ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށް މެޑްރިޑުން ލީގުގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބެލިންގަހަމް ވަނީ މެޗުގައި ގޯލެއް ކާމިޔާބުކޮށްފައި / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 09:01

02 ނޮވެމްބަރު 2025، 09:01

ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ކުޅުނު މެޗު ފަސޭހަކަމާއެކު ރެއާލުން 4-0އިން ކާމިޔާބުކޮށް، އެ ޓީމުން ލީގުގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރެއާލުން މެޗުގައި މެޗުގައި ލީޑު ނެގީ 19ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ވެލެންސިއާގެ ކުޅުންތެރިއެއްގެ އަތުގައި އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބިކުރީ ކީލިއަން އެމްބައްޕޭއެވެ. އަދި އޭގެ 12 މިނެޓު ފަހުން އޭނާ ވަނީ އާރދާ ގޫލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ރީތި ބޯޅައަކުން އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއަށް އިތުރު ޕެނަލްޓީއެއް ވެސް ލިބުނެވެ. ވެލެންސިއާގެ ގޯލްކީޕަރު، ހޫލެން އަގީރެޒަބާލާ ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ އޭނާ ވަނީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީއާއެކު ރެއާލްގެ ލީޑު ތިން ގޯލަށް ފުޅާކުރުމަށް މަސައްކަތްކުރީ ވިނީސިއަސް ޖޫނިއަރއެވެ.

ނަމަވެސް ޖެހިގެން އައި މިނެޓުގައި ޖޫޑު ބެލިންގްހަމް ވަނީ ތިރިތިރިން ދުރުކަނަށް ފޮނުވާލައި އެ ޓީމުގެ ލީޑު ތިން ގޯލަށް ފުޅާކޮށްދީފައެވެ.

ރެއާލްގެ ފަހު ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ވާތްފަރާތުން ފަހަތަށް ކުޅެމުން ދިޔަ އަލްވާރޯ ފެނާންޑޭޒް ކަރެއާސްއެވެ. ވާތް ފަރާތުން ޕެނަލްޓި އޭރިއާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލީ ބާރު ހަމަލާ ވަދެފައި ވަނީ ގޯލުގެ މަތީކަނަށެވެ.

މިއީ ކުޅުނު 11 މެޗުން ރެއާލުން ހޯދި 10ވަނަ މޮޅެވެ. އެހެންކަމުން އެ ޓީމަށް ވަނީ މިހާތަނަށް 30 ޕޮއިންޓު ލިބިފައެވެ.

ލީގުގެ ދެވަނައިގައި 23 ޕޮއިންޓާއެކު އޮތީ، ރޭ 4-0އިން ރަޔޯ ވަޔެކާނޯ ބަލިކުރި ވިޔަރިއާލްއެވެ. ނަމަވެސް މިރޭ އެލްޗީއާ ދެކޮޅަށް ކުޅޭ މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިނަމަ، ލީގުގެ ދެވަނައަށް އެ ޓީމު އަރާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން