ޚަބަރު
ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހެދުމަށް އެންގި އެންގުމަށް ޢަމަލުކުރުން މެދުކަނޑާލައިފި
ސްރީލަންކާ އިމިގްރޭޝަން---
ފަރުދުން
02 ނޮވެމްބަރު 2025، 10:15
02 ނޮވެމްބަރު 2025، 10:15
ސްރީލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހެދުމަށް އެންގި އެންގުމަށް ޢަމަލުކުރުން މެދުކަނޑާލައިފިއެވެ.
ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނީ، ކުރު މުއްދަތަށް ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން 15 އޮކްޓޫބަރު 2025އިން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެކަމަށް އެންގިއެންގުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކުރިންކަނޑައަޅާފައި އޮތްގޮތުން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު ވެސް، އެ ޤައުމަށް ދަތުރު ފެށުމުގެ ކުރިން މަދުވެގެން 24 ގަޑިއިރު ކުރީން، އަދި ގިނަ ވެގެން 48 ގަޑިއިރު ކުރީން، މި ފޯމް ފުރިހަމަކޮށް، ހުށަހަޅަން ޖެހުނެވެ.