Ads by Stelco

ޚަބަރު

"ނަޞްރުގެ ދުވަސް ދިވެހިންނަށް ބުނެދިނީ އަމިއްލަ ލެއިން ޤުރުބާންވާނެ މުޖާހިދުން ދިވެހި ފަސްގަނޑުގައި ތިބޭނެކަން"

"ނަޞްރުގެ ދުވަސް ދިވެހިންނަށް ބުނެދިނީ އަމިއްލަ ލެއިން ޤުރުބާންވާނެ މުޖާހިދުން ދިވެހި ފަސްގަނޑުގައި ތިބޭނެކަން"

ވަޒީރު އާދަމް ޝަރީފް އުމަރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ނޮވެމްބަރު 2025، 10:16

03 ނޮވެމްބަރު 2025، 10:16

ނަޞްރުގެ ދުވަސް ދިވެހިންނަށް ބުނެދިނީ އަމިއްލަ ލެއިން ޤުރުބާންވާނެ މުޖާހިދުން ދިވެހި ފަސްގަނޑުގައި ތިބޭނެކަންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ނަޞްރުގެ ދުވަހުގެ  ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ވަޒީރު ވިދާޅުވީ، ނަޞްރުގެ ދުވަސް ދިވެހިންނަށް ބުނެދިނީ މިޤައުމަށް ޣައްދާރުން ދޭ ހަމަލާތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި އަމިއްލަ ލެއިން ޤުރުބާންވާނެ މުޖާހިދުން ދިވެހި ފަސްގަނޑުގައި ތިބޭނެކަން ކަމަށެވެ. ހަމަ އެހެންމެ، ނަޞްރުގެ ދުވަހު ކޮންމެ ދިވެއްސެއްގެ ވެސް އަޒުމަކަށް ހަދަންވީ، ޤައުމަށް ޣައްދާރުވެދާނެ ކޮންމެ ޚާއިނެއްގެ ކިބައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޝަހީދު ޙުސައިން އާދަމްގެ ޖިހާދުން ޢިބުރަތް ޙާޞިލުކޮށް، އެފަދަ އިޚުލާޞްތެރި ޚިދުމަތްތެރިއަކަށްވުންކަމުގައި ވަޒީރު ވިދާޅުވިއެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. މިޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.

ތަމަޅައިންގެ ފައުޖެއް ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި މިޢުދުވާނުގައި، އެ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނީ ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޢަޒުމާއި ކުރެއްވި އަގު މާތް ޖިހާދުގެ ސަބަބުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން