ޚަބަރު
ނަޞްރުގެ ދުވަހުގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފި
ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވުން/ފޮޓޯ: ރައީސް އޮފީސް
ނަޞްރުގެ ދުވަހުގެ ޝަހީދުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނދާނީ އައްޑަނަ އަރުވައިފި އެވެ.
ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވާފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ދޭ ހަނދާނީ އައްޑަނައަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާގައި، ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޚާއްޞަ އައްޑަނައެކެވެ.
ތަމަޅައިންގެ ފައުޖެއް ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި މިޢުދުވާނުގައި ކުށެއް ނެތް 19 ދިވެއްސަކު ޝަހީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލުންނެވެ.
މި ޙަމަލާގައި ޝަހީދުކޮށްލި ސިފައިންގެ 8 ބޭކަލުން:
- ޝަހީދު ކޯޕްރަލް ޙުސައިން އާދަމް (ސނ: 856) ހދ. ކުޅުދުއްފުށި/މާވާގެ (20 އަހަރު)
- ޝަހީދު ކޯޕަރަލް މުޙައްމަދު އިބްރާހިމް (ސނ: 606) ހއ. މުޅަދޫ/އަނބުގަސްދޮށުގެ (31 އަހަރު)
- ޝަހީދު ސާޖަންޓް އާދަމް ނަޞީރު (ސނ: 635) ހ. ޝޭޑީވިލާ (28 އަހަރު)
- ޝަހީދު ލެފްޓިނެންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތު މަނިކު) (ސނ: 243) މއ. ދާރީގެ (51 އަހަރު)
- ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު (ސނ: 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (33 އަހަރު)
- ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސނ: 120) ހ. އަންހީޓް (49 އަހަރު)
- ޝަހީދު ކޯޕަރަލް މުޙައްމަދު ޙަސަން (ސނ: 821) ތ. ދިޔަމިގިލި/ހ. ރަބީޢުގެ (28 އަހަރު)
- ޝަހީދު ކޯޕަރަލް ޙުސައިން މުޙައްމަދު (ސނ: 264) ބ. ތުޅާދޫ މަބުސްތާނުގެ (38 އަހަރު)

މި ޙަމަލާތަކުގައި ޝަހީދުކޮށްލި 11 ޢާންމުން:
- ޝަހީދު އަލްމަރުހޫމް އިސްމާޢީލް ޙަލީމް މ. ރޯޒްބުޝް (35 އަހަރު)
- ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙަމީޒު މ.ބީޗްސައިޑް / މާލެ (22 އަހަރު)
- ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ (45 އަހަރު)
- ޝަހީދު އަލްމަރުހޫމް އަޙްމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ (52 އަހަރު)
- ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ) (52 އަހަރު)
- ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ (49 އަހަރު)
- ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ (53 އަހަރު)
- ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ (24 އަހަރު)
- ޝަހީދު އަލްމަރުހޫމް ޙަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި (20 އަހަރު)
- ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި (16 އަހަރު)
- ޝަހީދު އަލްމަރުހޫމް ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި (70 އަހަރު)
ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަނީ ދިވެހި 7 ޚާއިނުންނާއި ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ރާއްޖެއަށް ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މި ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.