ޚަބަރު
މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ކ. މަނިޔަފުށީގައި ފަށައިފި
މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ފޮޓޯ:މަސްވެރިކަމާއި ބެހޭ ވުޒާރާ
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްޤީކޮށް، އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރިއެރުވުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ކ. މަނިޔަފުށީގައި މިއަދު ފަށައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހުގައި ބައިވެރިންނަށް އެކުއަކަލްޗަރއާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ދަސްކޮށްދެއެވެ. މީގެ ތެރޭގައި އެކުއަކަލްޗަރ ކުރުމަކީ ކޮބައިކަމާއި، އާންމުކޮށް އެކުއަކަލްޗަރގައި ބޭނުންކުރާ ނިޒާމުތަކާއި އެ ނިޒާމުތައް މަސައްކަތްކުރާ ގޮތްތައް ހިމެނެއެވެ. އަދި އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ކާނާއާއި ދިރޭ ކާނާ އާލާކޮށް ގެންގުޅޭނެ ގޮތްތައްވެސް ދަސްކޮށްދެއެވެ.
މީގެ އިތުރުން، މި ކޯހުގައި ފާނަ، ހުއިފިލަނޑާ، މާގަނޑުމަސް އަދި އިތާމުތް އާލާކުރުމުގެ އެކިއެކި މަރުޙަލާތަކާއި އެ ބާވަތްތައް އާލާކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ތަރައްގީކުރުމަށް ޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މަސްވެރި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ކ. މަނިޔަފުށީގައި ފައްޓައިފި.

މި ކޯހުގައި ދަސްކޮށްދޭ ބައިތަކުގެ… pic.twitter.com/mlnoa7EZWV
— Ministry of Fisheries and Ocean Resources (@MFORmv) November 5, 2024

މި ކޯހަކީ ރާއްޖޭގައި މެރިކަލްޗަރ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށާއި، މި ދާއިރާއިން އާމްދަނީ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ކޯހެކެވެ.