Ads by Stelco

ޚަބަރު

ޕަނަމާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އެ ޤައުމަށް މަރުޙަބާ ވިދާޅުވެއްޖެ

ޕަނަމާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އެ ޤައުމަށް މަރުޙަބާ ވިދާޅުވެއްޖެ

ޕަނަމާގެ މިނިވަން ދުވަސް

farudhun logo

ފަރުދުން

03 ނޮވެމްބަރު 2025، 04:44

03 ނޮވެމްބަރު 2025، 04:44

ޕަނަމާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އެ ޤައުމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޚަލީލު އެކްސްގައި އަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަނަމާގެ ޚާރިޖީ ވަޒީރު ހާވިއަރ މަރޓީނެޒް އައްޗާ ވަސްކެޒްއަށާއި، ޕަނަމާގެ އެންމެހައި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހާނީ އަރިސްކުރައްވާ ކަމުގައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއާއި ޕަނަމާ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގާތް ގުޅުމާއި، އެކުގައި މަސައްކަތްކުރުމުގެ ދާއިރާ އިތުރަށް ވަރުގަދަވެ، ކުރިއަރައިދާނޭކަމަށް އެ މަނިކުފާނު ޔަޤީންކުރައްވާ ކަމުގައެވެ.



ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ޕަނަމާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މައި ދުވަހެވެ. އެ ޤައުމުން މި ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1903ވަނަ އަހަރުގެ މި ދުވަހުގައި ކޮލޮމްބިޔާއިން ވަކިވެ، މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން މުސްތައްޤިލު ވެރިކަމެއް ޤާއިމުކޮށްފައިވާތީއެވެ.

ނޮވެންބަރު 3ގެ އިތުރުން، ނޮވެންބަރު މަހުގެ 28ވަނަ ދުވަހަކީ ވެސް މިނިވަން ދުވަހެއްގެ ގޮތުގައި އެ ޤައުމުން ފާހަގަކުރެއެވެ. އެއީ 1821ވަނަ އަހަރު ސްޕެއިންގެ އިސްތިޢުމާރީ ވެރިކަމުން ވަކިވި ވަކިވުން ފާހަގަކުރުމުގެ މަޤުޞަދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން