Ads by Stelco

ޚަބަރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 38 ވަނަ ޢަދަދު ނެރެފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 38 ވަނަ ޢަދަދު ނެރެފި

މަޖައްލާ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ނޮވެމްބަރު 2025، 05:10

03 ނޮވެމްބަރު 2025، 05:10

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 38ވަނަ ޢަދަދު ނެރެފިއެވެ.

އަހަރަކު ދެ ފަހަރު ނެރެމުން އަންނަ މި މަޖައްލާއަކީ، ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ.

އެގޮތުން، މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ. މި އަހަރުގެ ނަޞްރުގެ ދުވަހު ނެރުނު ޢަދަދުގެ ތީމަކީ، "ނަޞްރާއި ނަސީބު" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބުއުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނާއި ދުނިޔެ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުންތައް ހިމަނާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓާއި އައްޑަނަ ވެބްސައިޓްގައި މިހާރު ޝާއިޢުކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން