Ads by Stelco

ޚަބަރު

ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން ހަރަކާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2025، 10:18

03 ނޮވެމްބަރު 2025، 10:18

ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ޕޮލިސްގެ ފަރާތުން ޝަހީދުންގެ ޝަރަފުގައި ޚާއްސަ ހަރަކާތެއް ކަމަށްވާ "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނަމުގައި ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހި ޤައުމަށްޓަކައި ޖާނު ޤުރުބާންކުރެއްވި އަބްޠާލުންގެ ހަނދާން އާކޮށް، އެބޭފުޅުންނަށް ޝަރަފު އެރުވުމެވެ.

މި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ބާއްވާފައިވެއެވެ. އަދި ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުމުގެ އިތުރުން، އެ ފަރާތްތަކަށް ހެޔޮ ރަޙުމަތްލެއްވުން އެދި ވަނީ ދުޢާކޮށްފައެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ސްކޫލް މެނޭޖްމަންޓްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.

"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނިމުމަށްފަހު، އެދުވަހާ ގުޅޭ އިތުރު މުހިންމު ހަރަކާތެއް ކަމަށްވާ "ނަޞްރުގެ ފަސާނާ ހުޅުވުން" ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަޞްރުގެ ފަސާނާއަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނުގައި ހަނގުރާމައިގެ ކަންކަން ހިނގައިދިޔަ ގޮތް، ފޮޓޯތަކުންނާއި ލިޔުންތަކުން ތަފްޞީލުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ މާލަމެކެވެ.

މި ހަރަކާތުގައި ބައިވެރިވި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ޝަރަފުވެރިން ވަނީ ނަޞްރުގެ ފަސާނާ ބަލާލައި، ދުވަހާ ގުޅޭ ގޮތުން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި މާލަން ނޮވެންބަރު 6 ގެ ރެއާ ހަމައަށް ހުޅުވާފައި ހުންނާނެއެވެ. އަދި ސްކޫލްތަކާއި އޮފީސްތަކާއި އާންމު ފަރާތްތަކަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި "ނަޞްރުގެ ފަސާނާ" ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން