Ads by Stelco

ޚަބަރު

ޝަޙީދު ޙުސެއިން އާދަމްއަށް ޚާއްޞަ ބިނާއެއް ކުޅުދުއްފުށީގައި ޤާއިމްކޮށްފި

ޝަޙީދު ޙުސެއިން އާދަމްއަށް ޚާއްޞަ ބިނާއެއް ކުޅުދުއްފުށީގައި ޤާއިމްކޮށްފި

ޝަޙީދު ޙުސެއިން އާދަމްގެ ބިނާ / ފޮޓޯ: ކުޅުދުއްފުށި އޮންލައިން

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 06:38

04 ނޮވެމްބަރު 2025، 06:38

ނޮވެންބަރު 3ގައި ދިވެހި ޤައުމުގެ ދިފާޢުގައި ފަހު ނޭވާއާ ޖެހެންދެން ދުޝްމަނުންނާ ހަނގުރާމަކޮށް، ދިވެހީންގެ މިނިވަންކަން ދެމެހެއްޓުމުގެ ފަޚުރުވެރި މަސައްކަތުގެ ތެރެއިން ޝަޙީދުވެގެން ދިޔަ އެންމެ ޒުވާން ބަޠަލު، ޝަޙީދު ޙުސެއިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ހދ. ކުޅުދުއްފުށީގައި ޚާއްޞަ ބިނާއެއް ޤާއިމްކޮށްފިއެވެ. 

އެގޮތުން ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ މި ބިނާއަކީ، ޤައުމަށްޓަކައި ޝަޙީދު ޙުސެއިން އާދަމް ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަ ކުރުމުގެ ގޮތުން ބިނާކޮށްފައިވާ ތަނެކެވެ.

މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް އާއި ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޙުމަދު އާދަމް އާއި އެ ޢާއިލާގެ 2 ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

ޝަޙީދު ޙުސެއިން އާދަމްއަށް ޚާއްޞަ ބިނާ---

މި ބިނާ ބަހައްޓާފައިވަނީ ވަނީ ޝަހީދު ޙުސެއިން އާދަމް ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި އެ ރަށުގެ ކުރީގެ ބަނދަރު ސަރަޙައްދުގައި، ބަންޑާރަ މައިދާނުގައެވެ.

މި ބިނާއިން ފެނިގެން ދަނީ ދުޝްމަނުންނާ ކުރިމަތިލުމަށް ޝަޙީދު ޙުސެއިން އާދަމް ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ނަކަލަކާއި، ދުޝްމަނުންނަށް ހަމަލާ ދިނުމަށް ޝަހީދު ޙުސެއިން އާދަމް ހުންނެވި ސަރަޙައްދުގެ ފާރާއި، އެތަނަށް އެރި ވަޒަންތަކުގެ ނިޝާނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން