Ads by Stelco

ޚަބަރު

މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ވަކިކުރުމަށް ޑރ. ޝަމްހީދު ގޮވާލައިފި

މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ވަކިކުރުމަށް ޑރ. ޝަމްހީދު ގޮވާލައިފި

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، ޑރ. އަޙުމަދު ޝަމްހީދު---

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 07:58

04 ނޮވެމްބަރު 2025، 07:58

މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ވަކިކުރުމަށް، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، ޑރ. އަޙުމަދު ޝަމްހީދު ގޮވާލައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، މާލެއާ އަޅާބަލާއިރު ހުޅުމާލެއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ވަކިކޮށް، ހުޅުމާލެއަކީ ހުޅުމާލެއަށް ޚާއްޞަ ވަކި ކައުންސިލެއްގެ ދަށުން ހިންގަންޖެހޭނެ ތަނެއް ކަމަށެވެ. އެއީ މިހާރު އޮތް ގޮތުން، އެންމެ އެކަށީގެންވާ ތަރައްޤީއެއް ހުޅުމާލެއަށް ގެނައުމަށް މާލޭ ސިޓީ ކައުންސިލުން އެންމެ އެކަށޭނަ މަަސައްކަތްތަކެއް ނުކުރެވޭނެތީކަމަށް ވެސް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، މިއަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން މިކަމާ ގުޅުންހުރި ޤާނޫނުތަކަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި ހުޅުމާލެއަށް ވަކި ކައުންސިލެއް އުފެއްދުން ހިމެނުއްވުމަށް ޑރ. ޝަމްހީދު ވަނީ ގޮވާލާފައެވެ. 



ޑރ. ޝަމްހީދު މިފަދައިން ގޮވާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމާ މެދު އެ ސިޓީގެ ފޭދު އާއި ހުޅުދޫ އާއި މީދޫގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވާ ދަނޑިވަޅެއްގައެވެ. އެ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމިއިރު، ފޭދޫން ނިންމީ ކައުންސިލްގައި ދެމި އޮތުމަށެވެ.

ޚިޔާލު ހޯދުމުގެ މި ވޯޓަށްފަހު އައްޑުއަތޮޅުގެ ހުޅުދޫ އާއި އެ އަތޮޅު މީދޫއަކީ އައްޑޫ ސިޓީއާ ވަކިން އޮންނަ ދެ ރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ މިއަދު ކަނޑައަޅުއްވައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން