Ads by Stelco

ޚަބަރު

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ގައި ރާއްޖެއިން ބައިވެރިވާނެ

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ގައި ރާއްޖެއިން ބައިވެރިވާނެ

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ބައްދަލުވުމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2025، 11:06

04 ނޮވެމްބަރު 2025، 11:06

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ނުވަތަ އިންސާނީ ޙައްޤުތަކަށް އެޅޭ ފިޔަވަޅުތައް މުރާޖަޢާކުރާ ވަރކިން ގުރޫޕުގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެެވެ.

 މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްސްޒަލޭންޑްގެ ޖެނީވާގައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، 50 ވަނަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ވަރކިން ގުރޫޕު ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ވަފުދު މިހާރު ވަނީ ޖެނީވާއަށް ގޮސްފައި ކަމަށެވެ. ރާއްޖޭގެ ޔޫޕީއާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

މި ރިވިއުގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދޭނެ ކަމަށާއި، އަދި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބިނާކުރަނިވި ލަފާ ހުށަހަޅާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ، އ.ދގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ މުރާޖަޢާއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކަށްވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓްކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. ޔޫޕީއާރުގެ ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވައެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެކަމަނާއަކީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްވެސް މެއެވެ. އެ ޙައިސިއްޔަތުން ޑރ. ސަލްމާ ރަޝީދު، ރިވިއު ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާ ބައެއް ސެޝަންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ވަފުދުގައި އިތުރަށް ހިމެނިވަޑައިގަންނަވަނީ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ހާމިދާއި، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމްއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫޕީއާރު ވަރކިންގ ގުރޫޕުގައި ރާއްޖޭގެ އިތުރުން 13 ޤައުމަކުން ބައިވެރިވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ބައްދަލުވުމަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން